މަޝްހޫރު ދީނީ އިލްމުވެރިޔާ އަލްއުސްތާޛު އިބްރާހިމް ރަޝީދު މޫސާގެ އަނބިކަނބަލުން ހ. މީރުބަހުރުގޭއާގެ ސާމިޔާ ލަތީފް އަވަހާރަވެއްޖެ އެވެ.
އެކަމަނާ އަވަހާރަވީ މިރޭ އިރާކޮޅުގެ ވަގުތެއްގަ އެވެ. އަވަހާރަވީ އުމުރުން 73 އަހަރުގަ އެވެ. ސާމިޔާ ލަތީފްގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިރޭ ފަތިސް ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.
ސާމިޔާ އަވަހާރަވުމާއި ގުޅިގެން އިސްލާމީ ޔުނިވާސިޓީން ވަނީ އިބްރާހިމް ރަޝީދު މޫސާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ. އިބްރާހިމް ރަޝީދު މޫސާ އަކީ އެ ޔުނިވާސިޓީ އުފެއްދުމުގެ އަސްލު ކަމަށްވާ މައުހަދުލްދިރާސާތިލް އިސްލާމިއްޔާގެ ކުރީގެ ޢަމީދު އަދި ކުއްލިޔަތުުލް ދިރާސާތިލް އިސްލާމިއްޔާގެ ކުރީގެ ރެކްޓަރު އެމެރެޓަސް އެވެ.
    
    އުސްތާޛު އިބްރާހިމް ރަޝީދުގެ އަނބިކަނބަލުން ސާމިޔާ އަވަހާރަވެއްޖެ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ