ބައިނަލްއަޤްވާމީ 31 އެއާލައިނަކުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލް ބޭނުންކުރަން ފަށާފައިވާކަމަށް އެމްއޭސީއެލުން ބުނެފިއެވެ.
އެމްއޭސީއެލުން ބުނީ އިއްޔެގެ ނިޔަލަށް 31 އެއާލައިނަކުން އައު ޓާމިނަލުން ހިދުމަތް ހޯދަން ފަށާފައިވާކަމަށާއި، އެންމެފަހުން މި ލިސްޓަށް އިތުރުވީ ޖަރުމަނުވިލާތުގެ ލެއިޝާ އެއާލައިނެއްކަމަށްވާ ޑިސްކަވާ އެއާއިންކަމަށެވެ. ލުފްތަންސާ ގްރޫޕްގެ މި އެއާލައިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ.
ރާއްޖެއަށް އުދުހުންތައް ބާއްވަމުން އަންނަ ގިނަ އެއާލައިންތަކަކުން މިހާރު ވަނީ އައުޓާމިނަލް ބޭނުންކުރަން ފަށާފައެވެ.
ވީއައިއޭގެ އައު ޓާމިނަލްގެ ހިދުމަތް ފަށާފައިވަނީ މިއަހަރުގެ މިނިވަންދުވަހާ ދިމާކޮށް ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ. ސައުދީގެ ބިންލާދިން ގްރޫއްޕާ ހަވާލުކޮށްގެން ތަރައްޤީކުރި އައު ޓާމިނަލަށް 5 ބިިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވާނޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ސަރުކާރުގެ އަމާޒަކީ އައުޓާމިނަލާއެކު އަހަރެއްގެ ތެރޭގައި 7.5 މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދިނުމެވެ.
31 އެއާލައިނަކުން ވީއައިއޭ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ