ފުލުހުންގެ ތައްޔާރީ ޙާލަތު ދެނެގަތުމަށް ހަރަކާތެއް މިއަދު ބާއްވަނީ

ފުލުހުންގެ ތައްޔާރީ ޙާލަތު ދެނެގަތުމަށް ހަރަކާތެއް މިއަދު ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ކުރިޔަށްގެންދިޔުމަށް ނިންމާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ފުލުހުންގެ އޮޕަރޭޝަނަލް ރެޑިނެސް ބެލުމުގެ ގޮތުން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެއްގެ ފައިނަލް އެކްސަސައިޒް، މިއަދު 13:00 އިން 18:00 އަށް ހުޅުމާލެ ފޭސް 3 ގައި ކުރިއަށްދާނެކަމަށެވެ.
ފުލުހުންގެ އެފަދަ ތަމްރީނުތަކެއް ކުރިޔަށް ގެންދާއިރު، މި އަންނަ މަހުގެ ތިންވަނަ ދުވަހު، މާލޭގެ މަގުތަކަށް އެއްވުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން "ލޫޓުވައިފި، ލޫޓުވައިފި" ނަމުގައި އެމްޑީޕީން މަގުމަށްޗަށް ނުކުންނަނީ "ރައްޔިތުންގެ ޙައްޤުތަކާއި ބައިތުލްމާލު ސަރުކާރުގެ އެންމެ މަތިން ފެށިގެން ލޫޓުވަމުން ދާތީ" ކަމަށް އެ ޕާޓީގެ ވެރިން ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ