ކްލަަބް މޯލްޑިވްސްގެ އަންހެން ޑިވިޝަނުގެ ދެ ވަަނަ ފަންތީގެ މުބާރާތް، އެއިޓީން ތާޓީ ކްލަސިކްގެ ފައިނަލުން ޓީމު އެމްއޭސީއެލް އާއި ޕްރިޒަން ކްލަބުން ހޯދައިފި އެވެ.
ފުރަތަމަ ސެމީ ފައިނަލުގައި ރޭ ސްޓެލްކޯ ރެކްރިއޭޝަން ކްލަބް އަތުން އެމްއޭސީއެލް އިން ވަނީ 4-0 އިން މޮޅުވެފަ އެވެ. މުބާރާތުގައި ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ކުރިއަށްދަމުން އައި އެމްއޭސީއެލް އިން ވާދަކުރި ކޮންމެ މެޗެއްގައި އަންނަނީ ތަފާތު ބޮޑުކޮށް ކާމިޔާބު ހޯދަމުންނެވެ.
ރޭ ސްޓެލްކޯ ކޮޅަށް އެމްއޭސީއެލްގެ ހަތަރު ގޯލު ޖެހީ ވެސް، ފިރުޝާނާ ނަސީރު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފިރުޝާނާ އަންނަނީ މި ފަަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
ދެ ވަނަ ސެމީ ފައިނަލުގައި ހެލްތު ރެކްރިއޭޝަން ކްލަބް އަތުން ޕްރިޒަން މޮޅުވީ ތަފާތު ބޮޑުކޮށް، 8-0 އިންނެވެ. ޕްރިޒަން ވެސް ފައިނަލަށް ދަތުރުކުރީ ފުރިހަމަ ރެކޯޑަކާ އެކު އެވެ.
މި މެޗުގައި، ޕްރިޒަންގެ ލަނޑުތައް ޖެހީ، ހާޖަރާ އަހުމަދު ދެ ގޯލުގެ އިތުރުން، އައިޝަތު ހާޝިމާ، އައިމިނަތު ފަޒްލާ، އައިޝަތު ޝަރުމާ، އިނާން އަހުމަދު، އައިޝަތު ލަމްސް އަދި އައިޝަތު ވިޝާމާ، ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ޕްރިޒަންގެ ޝަރުމާ އަށެވެ.
މީގެ އެއް އަހަރު ކުރިން، އެންމެ ފަހުން އެއިޓީން ތާޓީ ކްލަސިކް، ކްލަބް މޯލްޑިވްސް އިން ބޭއްވިއިރު، އެ ފަަހަރު އެމްއޭސީއެލް ބަލިކޮށް ތަށި ހޯދީ ކްލަބް ވެމްކޯ އެވެ. މި ފަހަރުގެ ފައިނަލް މެޗު އޮތީ، އަންގާރަ ދުވަހު އެވެ.
އެމްއޭސީއެލް އާއި ޕްރިޒަން އެއިޓީން ތާޓީ ކްލަސިކް ފައިނަލަށް އެމްއޭސީއެލް އާއި ޕްރިޒަން އެއިޓީން ތާޓީ ކްލަސިކް ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ