ވީއައިއޭގެ ދެ ޓާމިނަލްގައިވެސް އީ ގޭޓުތައް ހަރުކުރަން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ދެ ޓާމިނަލްގައިވެސް އީ ގޭޓުތައް ހަރުކުރަން ފަށައިފި އެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗާތައް ހިމެނޭ އީގޭޓުތައް ހަރުކުރަނީ އެ އެއާޕޯޓު ބޭނުންކުރާ ދިވެހިންނާއި ޓޫރިސްޓުން ބޯޑާ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ކިއުގައި މަޑުކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށް ކަމަށެވެ.ރައީސް ވިދާޅުވީ ވީއައިއޭގެ އާ ޓާމިނަލްގައި 20 އީގޭޓު ހަރުކުރާނެ ކަމަށެވެ. އެ ގޮތުން އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އެރައިވަލް އާއި ޑިޕާޗާ ހިމެނޭހެން ކޮންމެ ޓާމިނަލެއްގައި 10 އީގޭޓު ހަރުކޮށް، ބޭނުންކުރަން ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ."މި ގޭޓުތަކުން އެއްފަހަރު ޕާސްޕޯޓު ސްކޭން ކުރުމަށް ފަހު، ދެން ބޯޑާ ހުރަސް ކުރާއިރު އޮތޮރައިޒް ކުރެވޭނީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިން،" ރައީސްގެ ޕޯސްޓުގައިވެ އެވެ އީގޭޓު ނުވަތަ އޭބީސީ އިން ފަސިންޖަރުންގެ ޕާސްޕޯޓު ސްކޭން ކޮށްލުމުން ބައޮމެޓްރިކް ޓެކްނޮލޮޖީ ބޭނުންކޮށްގެން އެމީހެއްގެ ފޭޝަލް ނުވަތަ ފިންގަޕްރިންޓް ރިކޮގްނިޝަން ބަލައި އެއީ އެ ޕާސްޕޯޓުގެ ވެރިފަރާތްކަން ފަސޭހަކަމާއެކު ކަށަވަރު ކުރާނެ އެވެ. އެ ގޭޓު ހުޅުވޭނީ ޕާސްޕޯޓުގައިވާ މައުލޫމާތާއި އެމީހެއްގެ މައުލޫމާތު ދިމާވާ ނަމަ އެވެ.މި ޓެކްނޮލިޖީއަކީ ދުނިޔޭގެ ކުރިއަރާފައިވާ ހުރިހާ ގައުމެއްގައި ވެސް ބޭނުން ކުރަމުން އަންނަ ޓެކްނޮލޮޖީ އެކެވެ. މި ގޭޓުތައް ބޭނުންކުރަން ފެށުމުން އިމިގްރޭޝަން ކައުންޓަރުތައް ކައިރީގައި މަޑުކުރާކަށް ނުޖެހޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ