މާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހެއްގެ ފޯނު ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - މުހައްމަދު ޝައިހާން، 26، ހ. ގާޑަންބިއުޓީ ހައްޔަރުކޮށް، އޭނާގެ ބަންދާ މެދު ގޮތެެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިޔުމުން 15 ދުވަސް ބަންދުގައި ބެހެއްޓުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ތަފްސީލު - ޝައިހާންގެ ކޯޓު އަމުރުން އެނގޭ ގޮތުގައި، އޭނާގެ މައްޗަށް ކުރަނީ ފޭރުމާއި ބިރުދެއްކުން އަދި ތޫނު ހަތިޔާރު ގެންގުޅު ކަމުގެ ތުހުމަތެވެ.
ފުލުހުން ކޯޓުގައި ބުނީ:
މި ފޭރުމުގައި އޭނާއާ އެކު އިތުރު މީހަކު ވެސް ބައިވެރިވެފައިވޭ
ހައްޔަރުކޮށްފައި ވަނީ ފޯނު ފޭރުމަށް ފަހު ފިލަން އުޅެނިކޮށް
އެ ފޯނު ފެނުނު ކަމެއް އަދި މި މައްސަލައިގައި ދެން ހިމެނޭ މިހާ ހައްޔަރު ކުރި ކަމެއް އަދި ސާފެއް ނޫނެވެ.
މި މައްސަލައާ ގުޅިގެން އަދި ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.
ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހެއްގެ ފޯނު ފޭރިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ