އިއްޔެ ފާހަގަކުރި ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަހާ ގުޅުވައިގެން، ޓްރީ ޓޮޕް ހޮސްޕިޓަލުން ފިރިހެނުންގެ ސިއްހަތަށް ހާއްސަކޮށް 'ވެލް މޭލް ޕެކޭޖް'އަށް %20ގެ ޑިސްކައުންޓެއް ދޭން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި ޕްރޮމޯޝަން ކުރިއަށްދަނީ އިއްޔެ އިން ފެށިގެން މި މަހުގެ 25 އަށެވެ.
މި ޕްރޮމޯޝަންގެ ދަށުން:
މި ޕެކޭޖްގެ އަގު ކަމަށްވާ 5,900.00ރ.އަށް %20ގެ ޑިސްކައުންޓެއް ލިބޭނެ
އެ ޑިސްކައުންޓާ އެކު މި ޕެކޭޖް ލިބޭނީ 4,720.00ރ.އަށް
ތަފްސީލް - ވެލް މޭލް ޕެކޭޖުގައި، ކްލިނިކަލް އެގްޒިމިނޭޝަން ދިނުމުގެ ތެރެއިން މެޑިކަލް ހިސްޓްރީ ތަފްސީލުކޮށް ބެލުން، ހަށިގަނޑު ބެލުން، ބީއެމްއައި ކަނޑައެޅުން، ލޭގެ ޕްރެޝަރު ބެލުން އަދި ލޮލުގެ ފެނުން ބެލުން ހިމެނެ އެވެ.
ރޭޑިއޮލޮޖީ އަދި އިމޭޖިންގެ ބައިގެ ދަށުން މޭގެ އެކްސް-ރޭ، އީސީޖީ އަދި މުޅި ބަނޑުގެ އަލްޓްރާސައުންޑް ނެގުން ހިމެނެ އެވެ.
މީގެ އިތުރުން، ކްލިނިކަލް ޑައިޓީޝަނަކާ އެކު ނިއުޓްރިޝަނަލް ސްކްރީނިން ހަދާނެ އެވެ. އަދި މެޓަބޮލިކް ސިއްހަތު، ފުރަމޭ، ކުޑަކަމުދާ ނިޒާމު، ޕްރޮސްޓޭޓް އަދި މުޅި ހަށިގަނޑުގެ ސިއްހަތުގެ މުހިންމު މައުލޫމާތު ދޭނެ ކޮމްޕްރިހެންސިވް ލެބޯޓްރީ ޓެސްޓްތައް ވެސް ހިމެނެ އެވެ.
މި ޓެސްޓުތަކުގެ ނަތީޖާތައް ޑޮކްޓަރަކާ އެކު ރިވިއުކުރާނެ އެވެ.
އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހިން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުން
ސިއްހީ ހިދުމަތުގެ ޚަރަދުތައް ކުޑަކުރުން
އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާ އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިންގެ ގިނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުން
ޓްރީ ޓޮޕުން 'ވެލް މޭލް ޕެކޭޖަ'ށް %20ގެ ޑިސްކައުންޓް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ