ނާގޯށީގެ މަސައްކަތް ފަށަން މީހުން ހޯދަނީ

ރިސޯޓް ހަދަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް ދޫކުރިތާ 19 އަހަރުވީއިރު ވެސް ނުނިމިފައިވާ ހދ. ނާގޯށީގެ މަސައްކަތް ފެށުމަށް ވަޒީފާތަކަށް ދިވެހިން ހޯދަން އިއުލާނުކޮށްފި އެވެ.މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ކުރި އިއުލާނެއްގައި ބުނީ އެ ރަށުގެ ސައިޓުގައި ކުރަން ހުރި އެކި މަސައްކަތްތަކަށް ދިވެހިން ހޯދަން ބޭނުންވާ ކަމަށެވެ.އެ އިއުލާނުގައި ވަނީ 13 މަގާމަކަށް 20 މީހަކު ހޯދަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެއީ، ޕްރޮޖެކްޓް މެނޭޖަރަކާއި ކޮންސްޓްރަކްޝަން މެނޭޖަރަކާއި ޕްލޭނިން އިންޖީނިއަރަކާއި ކުއެންޓިޓީ ސާވޭޔާ އާއި ހަތަރު ސައިޓް އިންޖީނިއަރުންނާއި އެޗްއެސްސީ އިންޖީނިއަރަކާއި ޕްރޮކިއުމެންޓް އޮފިސަރަކާއި ޕްރޮކިއުމެންޓް އެސިސްޓެންޓަކާއި ޑޮކިއުމެންޓް ކޮންޓްރޯލަރަކާއި ހަތަރު ސައިޓް ސުޕަވައިޒަރުންނާއި އެމްއީޕީ ކޯޑިނޭޓަރުން އަދި ދެ ޑްރާފްޓް ޕާސަން އެވެ.އެ މަގާމުތަކަށް ޝައުގުވެރިވާ މީހުން މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 ގެ ކުރިން އެމްޓީޑީސީގެ އީ-މެއިލް hr@mtdc.com.mv އަށް ސީވީ އާއި ސެޓްފިކެޓްތަކުގެ ކޮޕީ ފޮނުވުމަށް އެ އިއުލާނުގައި ބުންޏެވެ.ހދ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޯގަސްޓް މަހު ކުރެއްވި ދަތުރުފުޅުގައި ވަނީ ނާގޯއްޓަށް ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގައި ރައީސް އިއުލާންކުރެއްވި ގޮތުގައި، އެ ރަށުގައި ރިސޯޓް ހެދުމުގެ މަސައްކަތް ނިންމައި އަންނަ އަހަރު ހުޅުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ