ވެލާނާ އެއާޕޯޓު ކިއުގައި ޖެހުން ނިމުމަކަށް ގެންނަށް، ޒަމާނީ ޓެކްނޮލޮޖީގެ އީގޭޓް ހަރުކުރަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ބޭނުން ކުރާ ދިވެހިންނާއި ފަތުރުވެރިންނަށް ބޭނުން ކުރެވޭ ގޮތަށް އީގޭޓުތަކެއް ހަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޭނުންކުރައްވާ ދިވެހިންނާއި ފަތުރުވެރިން ބޯޑަރު ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަ ކުރަންޖެހޭ ކަމަށެވެ. އަދި އެކަން ނިމުމަކަށް ގެނެއުމަށް އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗާތައް ހިމެނޭ އީގޭޓްތައް އެ އެއާޕޯރޓުގެ އާ ޓާމިނަލުގައި ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
"މި ގޭޓުތަކުން އެއްފަހަރު ޕާސްޕޯޓު ސްކޭންކުރުމަށްފަހު، ދެން ބޯޑަރ ހުރަސްކުރާއިރު އޮތޮރައިޒް ކުރެވޭނީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިން." ރައީސް ވިދާޅުވިއެވެ.
އެހެންކަމުން އަންނަ ޖެނުއަރީ 1 ގެ ކުރިން އެރައިވަލް އަދި ޑިޕާޗާ ހިމެނޭ ގޮތަށް ކޮންމެ ޓާމިނަލެއްގައި 10 ގޭޓް (ޖުމްލަ 20 ގޭޓް) ހަރުކޮށް ބޭނުން ކުރަން ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ އެހެނިހެން އިންޓަނޭޝަނަލް އެއާޕޯޓުތަކުގައި ވެސް އަންނަ އަހަރު މިފަދަ އީގޭޓުތައް ހަރު ކުރެވި ބޭނުން ކުރަން ފެށޭނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ފަތުރުވެރިކަމުގެ މައި ދޮރާށި ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް ހުޅުވާފައި ވަނީ ޖުލައި 26 ވަނަ ދުވަހުއެވެ.
ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމުމަށް ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ސަރުކާރުން ހޯދާފައިވާއިރު ޒަމާނުންސުރެ ދަތުރުފަތުރު ކުރުމަށް އޮތް ދަތިކަމަށް ހައްލު ހޯދައި ދިނުމަށާއި ފަތުރުވެރިކަމުގެ ސިނާއަތް ވެސް ކުރިއެރުވުމަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އާ ޓާމިނަލް އަކީ 78 އަކަމީޓަރުގެ ޓަމިނަލަކަށް ވާ އިރު، އާ ޓާމިނަލް އިމާރާތުގެ ސަބަބުން މިހާރު ހުރި ޓާމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފިލުވައިދީ، އެފް އެންޑް ބީގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ހިދުމަތްތައް އެތަނުގައި ގާއިމުކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ