ކޮއިމަލާ ހިނގުމާ ގުޅޭ ގޮތަށް އޮންނަ ބޮޑުތަކުރުފާނު މަގުގެ ސަރަހައްދަކީ އެކްސިޑެންޓުތައް ގިނައިން ހިނގާ ހިސާބެއް ކަމަށާއި އެހެންވެ، އެ ތަނުން ދުއްވާއިރު ސަމާލުވުމަށް ފުލުހުން އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - މި ސަރަހައްދު ފާހަގަކުރުމަށް ފުލުހުން މިހާރު ވަނީ އެތަނުގައި ބޯޑެއް ވެސް ބަހައްޓާފަ އެވެ. ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕަމްޕް ސްޓޭޝަންގައި ހަރުކޮށްފައިވާ ބޮޑު ބޯޑުގައި ލިޔެފައިވަނީ 'އެކްސިޑެންޓް ހިނގާ ސަރަހައްދެއް' ކަމަށެވެ.
ބުނީ ކީކޭ؟ - ފުލުހުން ބުނީ:
ވަރަށް ގިނަ އެކްސިޑެންޓުތައް އެ ސަރަހައްދުގައި ހިނގާ
އެ ހިސާބުން ދުއްވާއިރު އިތުރަށް ސަމާލުވާން ޖެހޭ
އުޅަނދުގެ ދުވެލި މަޑުކޮށް، އިތުރު ސަމާލުކަން ދީގެން، މަގުމަތީގެ ގަވައިދުތަކާ އެއްގޮތަށް ދުއްވުމަށް އެދޭ
އުޅަނދު ދުއްވާއިރު އެކަށީގެންވާ ދުރުމިނެއް ބެހެއްޓުމަށް ވެސް ވަނީ އެދިފައި
"މި ސަމާލުކަމުގެ ސަބަބުން، އަމިއްލަ މީހާ އާއި އެހެން މީހުންގެ ފުރާނަ ވެސް ސަލާމަތް ކުރެވިދާނެ އެވެ،" ސޯޝަލް މީޑިއާގައި ފުލުހުން އެދިފައިވެ އެވެ.
އެކްސިޑެންޓުތައް ގިނަ؛ މިތަނުން ދުއްވާއިރު ސަމާލުވާތި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ