ސްރީ ލަންކާ ކައިރީގައި އުފެދިފައިވާ 'ވެދާ ސިސްޓަމް' މިހާރު ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެފައިވާ ކަމަށާއި އޭގެ އަސަރު ރާއްޖެ ސަރަހައްދަށް ވެސް ކުރާނެ ކަމަށް ބެލެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީހުން) މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ރާއްޖެއަށް މޫސުން ގޯސްވެފައިވާތާ މިހާރު ހަތަރު ވަރަކަށް ދުވަސްވެއްޖެ އެވެ. އެގޮތުން ބައެއް ހިސާބުތަކަށް ގިނައިރުތަކެއް ވާންދެން ބޯކޮށް ވާރޭ ވެހެމުންދާއިރު، މުޅި ރާއްޖެއަށް ވެސް ކަނޑު ގަދަ އެވެ.
މެޓު އޮފީހުން ބުނި ގޮތުގައި، ކުރިއަށް ދެ ދުވަހަށް ބަލާއިރު ވެސް މޫސުން ގޯސްވާނެ އެވެ. ހާއްސަކޮށް މެދު ރާއްޖެތެރެ އާއި ދެކުނުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް އެ ތަނުން ބުންޏެވެ.
ތަފްސީލް - މެޓު އޮފީހުން ބުނި ގޮތުގައި:
މާލެ ހިމެނޭހެން މެދުރާއްޖެތެރެއަށް އަދި އޮތީ ވިއްސާރަ
އެ ވިއްސާރަ އަލިވާނެ ކަމަށް ބެލެވެނީ އަންނަ ހަފުތާގެ ބުދަ ހިސާބުގައި
އެހެން ހިސާބުތަކަށް ކުރިން ވިއްސާރަ އަލިވާނެ
"މިއަދު ވެސް ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވޭ،" މެޓު އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.
މި ވިއްސާރައިގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ވެސް މާލޭ ސަރަހައްދަށެވެ. ހުއްޓާނުލާ ގިނައިރުތަކެއް ވާންދެން ވާރޭ ވެހުމުގެ ސަބަބުން މާލޭގައި ފެންބޮޑުވެ، ހިނގާބިނގާވެ އުޅުމަށް ދަތިވި އެވެ.
މި ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި:
މާލެއަށް 77.9 މިލިމީޓަރުގެ ވާރޭވެހުނު
ހުޅުލެއަށް 57.9 މިލިމީޓަރުގެ ވާރޭވެހުނު
އޭގެ އިތުރުން، ކ. ދިއްފުއްޓަށް 76.5 މިލިމީޓަރުގެ ވާރޭވެހުނު
އދ. މާމިގިއްޔަށް 66 މިލިމީޓަރުގެ ވާރޭވެހުނު
މެދުރާއްޖެތެރެ އާއި ދެކުނުގެ ސަރަހައްދަށް މިހާރު ވެސް އޮތީ ވައިޓް އެލާޓް ނެރެފަ އެވެ.
ލަންކާ ކައިރީ ބާރު ގަދަ ކޮޅިގަނޑެއް؛ އަސަރު ރާއްޖެއަށް ކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ