ގަވައިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު ބިދޭސީއަކު އެއާޕޯޓުން ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ގަވައިދާ ހިލާފަށް ޑޮލަރު މާރު ކުރަން އުޅުނު ބިދޭސީއަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނި ގޮތުގައި، އެއާޕޯޓުގެ ރިސޯޓު ކައުންޓަރުތައް ހުންނަ ސަރަހައްދުގައި ގަވައިދާ ހިލާފަށް ޑޮލަރު މާރު ކުރާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހައްޔަރު ކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ ރަފިގުލް އިސްލާމް، 32، އެވެ.
ތަފްސީލް - މިހާތަނަށް ބެލި ބެލުމުން ރަފިގުލްއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ:
ޓޫރިސްޓު ޕޮލިހުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު 68،000އަށް ވުރެ ގިނަ ދިވެހި ރުފިޔާ ފެނުނު
1،700އަށް ވުރެ ގިނަ ޑޮލަރުގެ އިތުރުން އެކި ގައުމުތަކުގެ ފައިސާ ފެނިފައިވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ