ކްލަބް މޯލްޑިވްސް ކްލަސިކްގެ އެންމެ ފަހުގެ ރަނަރަޕް، އެމްއެމްއޭ ސޯޝަލް ކްލަބުން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރޭ ޓީމު އެމްސީސީ (މާލެ ސިޓީ ކައުންސިލް) އަތުން 3-2 އިން މޮޅުވެއްޖެ އެވެ.
އެމްއެމްއޭ ހިމެނޭ ގްރޫޕް އެޗްގައި ރޭ ކުުޅުނު އަނެއް މެޗުން، ރައްޔިތުންގެ މަޖިލީހުގެ ޓީމު ޕެމާ އިން ވަނީ 4-3 އިން ވިޔަރެސް ބަލިކޮޑްފަ އެވެ. އަދި، ގްރޫޕް ޖީގައި ރޭ ކްރިމިނަލް ކޯޓުން 5-1 އިން ތައުލީމީ ގުޅުން ބަލިކުރިއިރު، މީރާ ރެކްރިއޭޝަން ކްލަބުން ވަނީ 2-1 އިން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ބަލިކޮށްފަ އެވެ.
ރޭގެ މެޗުގައި އެމްއެމްއޭގެ ލަނޑުތައް ޖެހީ، އުނައިސް ޒުބައިރު ދެ ގޯލާއި ނާއިފް މުހައްމަދު ގޯލެކެވެ. ސިޓީ ކައުންސިލްގެ ލަނޑުތައް ޖެހީ އަބްދުﷲ މުއާޒް އާއި އިބްރާހިމް އިލްހާން އިސްމާއިލް އެވެ. ޕެމާ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، އަހުމަދުﷲ މުހައްމަދު ސައްދާތު ދެ ގޯލާއި އަލީ އަޝްފާގު (ދަގަނޑޭ) އާއި މުހައްމަަދު ނިއުޝާދު (ނިއުބެ) ގޯލެކެވެ.
ކްރިމިނަލް ކޯޓަށް ރޭގެ މެޗުގައި، ޔައިޝް މުސްތަފާ ހެޓްރިކެއް ހަދައިދިންއިރު، އަނެއް ލަނޑު ޖެހީ، އަހުމަދު އައުސަމް ހުސެއިން ދެ ގޯލެވެ. ތައުލީމީ ގުޅުމުގެ ލަނޑު ޖެހީ އަބްދުﷲ އިލްހާމް އެވެ. ޕީއެސްއެމް ކޮޅަށް މީރާގެ ނާހިލް ނައީމް އާއި އަހުމަދު ހުސެއިން ލަނޑުތައް ޖެހިއިރު، ޕީއެސްއެމްގެ ލަނޑު ޖެހީ ހުސެއިން ރިމާހު އެވެ.
ކްލަސިކްގައި މިރޭ ކުޅޭނީ ގްރޫޕް އޭ އާއި ގްރޫޕް ބީގެ ދެ ވަަނަ މެޗުތަކެވެ.
ކްލަބް މޯލްޑިވްސް ކްލަސިކް: އެމްއެމްއޭ އާއި ކްރިމިނަލް ކޯޓަށް ރަނގަޅު ފެށުމެއް ކްލަބް މޯލްޑިވްސް ކްލަސިކް: އެމްއެމްއޭ އާއި ކްރިމިނަލް ކޯޓަށް ރަނގަޅު ފެށުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ