ރިހެބިލިޓޭޝަން އެންޑް ރީއިންޓެގްރޭޝަންއާ ގުޅޭ ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފި 500 އަށްވުރެ ގިނަ ބައިވެރިންނާ އެކު އަލީބާބާގެ ވެބިނާ ބާއްވައިފި ބިލް ފާސްކުރުމާއެކު މުޒާހަރާއަށް ނުކުމެއްޖެ ދެކޮޅު ހަދަހަދާ އޮއްވާ، މީޑިއާ ކޮންޓްރޯލް ކުރާ ބިލު ފާސްކޮށްފި މަގ

އައްޑޫ ސިޓީ ކައުންސިލުން، އައްޑޫގެ ޒުވާނުންނަށް ހާއްސަކޮށް ބެޑްމިންޓަން މުބާރާތެއް ބޭއްވުމަށް ނިންމާ، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ
އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ބެޑްމިންޓަން ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގްސަދުގައި އެ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެއްކަމަށެވެ.
” އައްޑޫ ބެޑްމިންޓަން ފިއެސްޓަރ 2025 ” ގެ ނަމުގައި ބާއްވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 16 ގައި އައްޑޫ ހިތަދު ޔޫތް ސެންޓަރުގެ ބެޑްމިންޓަން އެރީނާގައިކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. މި މުބާރާތުގެ އޮޕެންސް އިވެންޓް އަދި ޓީމް އިވެންޓަށް ރެޖިސްޓަރ ކުރުމުގެ ފުރުސަތު ސެޕްޓެމްބަރު 17 ވާ ބުދަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 30 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ކައުންސިލުން ވަނީ މި މުބާރާތައި ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށްޓަކައި އެ އިދާރާގެ ސޯޝަލް އެފެއާސްގެ ވައިބަރ ނަންބަރު 7925003 އަށް ވައިބާ ކުރުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ