ހިޔާލު ފާޅުކުރުން ހަނިކުރަން އުޅުމުން ފެށި މުޒާހަރާ ހޫނުވެ، ނޭޕާލް ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި
ނޭޕާލްގައި ހިޔާލު ފާޅުކުރުން ހަނިކުރަން އުޅުމުން ޒުވާނުން ފެށި މުޒާހަރާތަކާ ގުޅިގެން ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ މިއަދު އިސްތިއުފާ ދެއްވައިފި އެވެ."ގައުމަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް ބޮޑުވަޒީރުކަމުގެ މަގާމުން މިއަދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފިން،" ރައީސަށް ފޮނުއްވި ސިޓީއެއްގައި، އުމުރުން 73 އަހަރުގެ ބޮޑުވަޒީރު ލިޔުއްވާފައިވެ އެވެ.ސުޕްރީމް ކޯޓުގެ ހުކުމަކާ އެކު ސޯޝަލް މީޑިއާ ބަންދުކުރުމުން ފެށުނު މުޒާހަރާގައި އިއްޔެ ބޮޑެތި ހަމަނުޖެހުންތައް ހިނގައި ބަޔަކު މަރުވި އިރު 400 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ. މުޒާހަރާކުރާ ޒުވާނުން ބުނަމުންދަނީ އެ މީހުން މުޒާހަރާއަށް ނުކުތީ ސޯޝަލް މީޑިއާ މަނާކުރުމުން ކަމަށް ވިޔަސް މިއީ ކޮރަޕްޝަނާ ދެކޮޅު މުޒާހަރާއެއް ކަމަށެވެ.މި މައްސަލައާ ހެދި ރޭ ބޭއްވި ކެބިނެޓް ކުއްލި ބައްދަލުވުމުގައި އިންޓީރިއާ މިނިސްޓަރު ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.މުޒާހަރާތައް ފެށީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާ ކުރުމާ ދެކޮޅަށް ނަމަވެސް، މިހާރު ޒުވާނުންގެ ގޮވާލުންތައް ވަނީ އިތުރުވެފައެވެ. އެގޮތުން، ފާއިތުވި އަހަރުތަކުގައި ސަރުކާރުތަކުން ހިންގައިފައިވާ ކޮރަޕްޝަނާ މެދު ނުރުހޭ ކަމަށް ބުނެ، މިހާރު އޮތް ސަރުކާރުގެ އިސްތިއުފާއަށް ވެސް ދަނީ ގޮވާލަމުންނެވެ.މީގެ އިތުރުން، ސްރީލަންކާއާއި ބަންގްލަދޭޝްގައި 2022އާއި މިދިޔަ އަހަރު ކުރިއަށްގެންދިޔަ މުޒާހަރާތަކަކީ ވެސް އެ ޒުވާނުންގެ މިސާލެއްގެ ގޮތުގައި ބަލާ ކަމެއް ކަމަށް، މުޒާހަރާގެ ބައިވެރިއަކު އަލްޖަޒީރާއަށް މައުލޫމާތު ދީފައި ވެއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ