ކުރީގެ މެންބަރު ޖަމީލް އުސްމާން، އެމްއޭސީއެލްގެ ބޯޑަށް އައްޔަންކޮށްފި

ގެމަނަފުށީ ދާއިރާގެ ކުރީގެ މެންބަރު ޖަމީލް އުސްމާން އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސިއެލް)ގެ ބޯޑަށް އައްޔަންކޮށްފިއެވެ.
އެކަން އިއުލާންކޮށް ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު ބުނީ އެމްއޭސީއެލްގެ ބޯޑަށް މި ފަހުން އިތުރުކުރި ޖާގަ އަށް، ހުޅުމާލެ ގޯތި ނަންބަރު 10718 އޯކިޑްހިޔާ، ޖަމީލް އުސްމާން އައްޔަން ކޮށްފައިވާ ކަމަށެވެ.
އެމްއޭސީއެލް އިން ބުނީ އެ ކުންފުނީގެ ބޯޑުގެ ހިންގުން ހަރުދަނާ ކުރުމަށް އެމްއޭސީއެލްގެ ބޯޑުގެ އަދަދު ވަނީ ދާދި ފަހުން 7 އިން 9 އަށް އިތުރުކޮށްފައެވެ.
އެމްއޭސީއެލްގެ ބޯޑުގައި މިހާރު ތިއްބެވީ ޗެއާޕާސަން އައިޝާ ނޫރްއައިން ޖަނާހް އާއި އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ސަހާ ވަހީދާއި އިބްރާހިމް ސިޔާދު ގާސިމާއި މުހައްމަދު މިހާދު އަދި އިބްރާހިމް މަހުދީ އެވެ.
ބިން ހިއްކުމާއި އުމްރާނީ މަސައްކަތްތައް ކުރަން އެމްއޭސީއެލުން މި މަހު ވަނީ ސަބްސިޑަރީ ކުންފުންޏެއް ވެސް އުފައްދައިފަ އެވެ. އެމްއޭސީއެލްގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް މި މަހުގެ ހަ ވަނަ ދުވަހު އުފެއްދި އެ ކުންފުނީގެ ނަމަކީ ޕެނިންސިއުލާ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ