ބޮލީވުޑް ބަތަލާ ޕަރިނީތީއަށް ފިރިހެން ކުއްޖަކު ލިބިއްޖެ
ބޮލީވުޑްގެ ބަތަލާ ޕަރިނީތީ އަދި ފިރިމީހާ ރާގަވް ޗައްދާއަށް ފިރިހެން ކުއްޖަކު ލިބިއްޖެކަން އިއުލާނުކޮށްފިއެވެ. ޕަރިނީތީއަށް ފިރިހެން ކުއްޖަކު ލިބުނުކަން އިއުލާނުކޮށްފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. ދެމަފިރިންނަށް އަލަތު ދަރިފުޅު ލިބުނުކަން އިއުލާނުކުރިއިރު ހޮނިހިރު ދުވަހު ޕަރިތީ ހޮސްޕިޓަލުގައި އެޑުމިޓް ވުމަށް ދިއްލީއަށް ދަތުރުކޮށްފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ. ބަތަލާ ޕަރިނީތީއަށް ފިރިހެން ކުއްޖަކު ލިބުނުކަން އިއުލާނުކުރަމުން އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ބުނެފައި ވަނީ ދަރިފުޅުގެ ފުރަތަމަ ފެނިލުމާ އެކު އެ ދެމަފިރިންގެ ދިރިއުޅުން ފުރިހަމަވެފައިވާ ކަމަށާއި ދެ ފަރާތުގެ އާއިލާގެ ހިތްތައް ވެސް ލޯބިން ފުރިފައިވާ ކަމަށެވެ. ޕަރިނީތީ ވިހެއިކަން އިއުލާނުކުރުމާ އެކު ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ވަނީ އެ ދެމަފިރިންނަށާއި އާއިލާއަށް ތަހުނިޔާގެ މެސެޖުތައް ރައްދުކޮށްފައެވެ. އޭގެތެރޭގައި ކްރިތީ ސެނޮން، އަނަނިޔާ ޕާންޑޭ، ސޮނާކްޝީ ސިންހާ، ކަރަން ޖޯހަރު އަދި ޕަރިނީތީގެ ދެބެއިންގެ ދެދަރި ޕްރިޔަންކާ ޗޯޕްރާ ހިމެނެއެވެ. މީގެއިތުރުން ޕަރިނީތީއަށް ސަޕޯޓުކުރާ ގިނަ ބަޔަކު ވެސް ވަނީ ބަތަލާގެ މި އުފަލުގައި ބައިވެރިވެ އާއިލާއަށް ތަހުނިޔާ ކިޔާފައެވެ. https://www.instagram.com/p/DP_On85lH1g/?utm_source=ig_web_button_native_share ޕަރިނީތީ އިންޑިއާގެ އެންމެ ޒުވާން ސިޔާސީ ލީޑަރުންގެތެރޭ ހިމެނޭ ރާގަވް ޗައްދާއާ ކައިވެނި ކުރީ 2023ވަނަ އަހަރުއެވެ. ޕަރިނީތީ ބަލިވެއިންކަން އިއުލާނުކޮށްފައި ވަނީ އެ ވާހަކަތައް މީޑިއާގައި ދެކެވޭތާ ދުވަސްތަކެއް ފަހުން މިދިޔަ އޮގަސްޓް މަހުގެތެރޭގައެވެ. ބަލިވެއިންކަން އިއުލާނު ކުރުމުގެ ކުރިން ޕަރިނީތީގެ ދެމަފިރިން ވަނީ ނެޓްފްލިކްސްއިން ގެނެސްދޭ ޓޯކް ޝޯ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގައި ވެސް ބައިވެރިވެފައެވެ. އެ އެޕިސޯޑުގައި ރާގަވް ވަނީ ވަރަށް އަވަހަށް ބެލުންތެރިންނަށް އުފާވެރި ޚަބަރެއް ގެނެސްދޭނެކަން ވެސް އިއުލާނުކޮށްފައެވެ. ކައިވެންޏަށްފަހު ފިލްމުތަކުން ފެންނަ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާ ބަތަލާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ޑައިރެކްޓަރު އިމްތިއާޒް އަލީގެ ފިލްމު "އަމަރު ސިންގް ޗަމްކީލާ"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ