ޅ. އޮޅުވެލިފުށީގައި ކަރަންޓު މައްސަލަ ބޮޑުކަން އިހުސާސްވީ އެ ރަށަށް ވަޑައިގަތަމުން ކަމަށް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޅ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން އޮޅުވެލިފުށި ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ އެ ރަށުގައި ކަރަންޓު މައްސަލަ އުޅޭކަން މީގެ ކުރިން ވެސް އެކި ގޮތްގޮތުން އެނގޭ ކަމަށާއި އެކަމަކު މައްސަލައިގެ މުހިންމުކަން އިހުސާސްވީ ރަށަށް ވަޑައިގަތުމުން ކަމަށެވެ.
"ހަމަ ވަރަށް ގާތުން މިކަން އަޅުގަނޑުމެން ބަލަމުންދާނަން. އަޅުގަނޑަށް އިހުސާސް ކުރެވިއްޖެ މި ރަށަށް އައިސް ތިބޭފުޅުންނާ ވާހަކަ ދެއްކީމަ އިތުރަށް ޔަގީންވެގެން ހިނގައްޖެ މީގައި ހުރި ކްރިޓިކަލްކަން. ކޮންމެ ގޮތެއް ވިޔަސް ލިޔެކިޔުމުން ސިޓީބިޓީން ބައްދަލުވުންތަކުން ކުރީގައި ވެސް މައުލޫމާތު އެބަހުރި. އެކަމަށް މަސައްކަތްތަކެއް ވެސް ކުރެވިފައި މިހުރީ," މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އޮޅުވެލިފުށީގެ ކަރަންޓު މައްސަލަ އަޕްގްރޭޑް ނުކުރެވި އޮތުމުގެ ސަބަބުން ނިމިފައިވާ ނަރުދަމާގެ ނިޒާމާއި ސިއްހީ މަރުކަޒަށް އިތުރު ކުރެވުނު ޖާގައިގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ނުހިފޭ ކަމަށާއި ޖުމްލަކޮށް ކަރަންތުގެ މައްސަލަ ހައްލު ނުވެ އޮތް ކަމަށެވެ.
"މި މައްސަލަ ހައްލު ނުކުރެވުމުގެ ސަބަބުން ނަރުދަމާ ބޭނުން ނުކުރެވޭ ގޮތް ވެފައި މިއޮތީ. ނަރުދަމާ އަޅާ ނިމިފައި އޮތް ނަމަވެސް ނަރުދަމާގެ ބޭނުމެއް ނުހިފޭ. ސިއްހީ މަރުކަޒަށް އިތުރު ކުރެވުނު ޖާގައިގެ ބޭނުމެއް ނުކުރެވޭ އެކަށީގެންވާ ގޮތެއްގައި. ޖުމްލަކޮށް ރަށުގެ ކަރަންޓުގެ މައްސަލައެއް ހައްލެއް ނުވޭ،" މުއިއްޒު ވިދާޅުވި އެވެ.
ކަރަންޓު މައްސަލަ ހައްލު ކުރުމަށް އެންމެ ފުރަތަމަ އަޅާ ފިޔަވަޅެއްގެ ގޮތުގައި މިހާރު ބޭނުން ނުކުރެވި އޮތް ނަރުދަމާ އާއި ސިއްހީ މަރުކަޒަށް އިތުރު ކުރެވުނު ބައިގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ގޮތަށް ކަރަންޓު އަޕްގްރޭޑް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެންމެ ލަސްވެގެން އޮޅުވެލިފުއްޓަސް ދިމާވެފައި އޮތް ކަރަންޓުގެ މުޅި މައްސަލައަށް ހައްލު ހޯދައިދެއްވަނެ ކަމަށެވެ. މިދިޔަ ރޯދަ މަހަށް ހުރިހާ ރަށެއްގައި ކަރަންޓުގެ މައްސަލަ ހައްލުކޮށް ނިންމާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް އެކަން އެގޮތަށް ކުރެވިފައެއް ނުވެ އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ނަރުދަމާގެ މައްސަލައަށް ހައްލު ގެނައުމަށްޓަކާ އަދި ސިއްހީ މަރުކަޒަށް ބެނުންވާ ކަރަންތު މައްސަލައަށް ބޭނުންވާ ވަރަށް މި މައްސަލަ ހައްލުވުން. އަދި ދާގޮތަށް ގޮސް އެންމެ ލަސްވެގެން ރޯދައިގެ ކުރިއަށް މުޅި ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުން،"
އޮޅުވެލިފުށީގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް ރައީސް އޮފީސް މެދުވެރިވެގެން ހާއްސަ ސަމާލުކަމެއް ދީގެން އެކަން ބަލާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
އޮޅުވެލިފުށީގެ ކަރަންޓު މައްސަލަ ބޮޑުކަން މުއިއްޒުއަށް އިހުސާސްވީ އެ ރަށަށް ދެވުމުން އޮޅުވެލިފުށީގެ ކަރަންޓު މައްސަލަ ބޮޑުކަން މުއިއްޒުއަށް އިހުސާސްވީ އެ ރަށަށް ދެވުމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ