ހުޅުމާލެ ހިޔާ އަވަށުގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްގީކޮށްފައިވާ ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިރޭ އިއުލާނު ކުރައްވައިފި އެވެ.
އެމަނިކުފާނު އެކަން އިއުލާނު ކުރެއްވީ ހިޔާ އަވަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިރޭ ބޭއްވި ބައްދަލްވުމުގަ އެވެ.
ގެދޮރުވެރިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށް ޑައުންޕޭމަންޓަށް ރަނގަޅު ބަދަލެއް ގެނެސްދޭން ބައެއް ރައްޔިތުން އެދުނެވެ. އެ ބައްދަލްވުން ނިންމަވާލައްވަމުން ރައީސް ވިދާޅުވީ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްދެއްވަން ނިންމަވާފައިވާ ކަމަށެވެ.
މިރޭގެ ބައްދަލްވުމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
އެގޮތުން ތިން ކޮޓަރީގެ ފްލެޓްތަކަށް މިހާރު ދައްކަން ޖެހޭ އެޑްވާންސް ޕޭމަންޓުން 17,000 ރުފިޔާ އުނިކުރަން ވަނީ ނިންމާފަ އެވެ. އެހެން ކަމުން ޑައުންޕޭމަންޓަށް ދައްކަން ޖެހޭ 25,000 ރުފިޔާގެ ބަދަލުގައި ދެން ދައްކަން ޖެހޭނީ 8,000 ރުފިޔާ އެވެ.
އަދި ތިން ކޮޓަރީގެ ފްލެޓްތަކަށް ކުއްޔާއި މެއިންޓަނަސް ފީގެ ގޮތުގައި ދައްކަން ޖެހޭ 10,500 ރުފިޔާއިން ވަނީ 500 ރުފިޔާ އުނިކޮށްފަ އެވެ. އެހެން ކަމުން ދެން ދައްކަން ޖެހޭނީ މަހަކު 10,000 ރުފިޔާ އެވެ.
ދެ ކޮޓަރީގެ ފްލެޓްތަކަށް މިހާރު ދައްކަން ޖެހޭ އެޑްވާންސް ޕޭމަންޓަކީ 15,000 ރުފިޔާ އެވެ. ނަމަވެސް ދެން ދައްކަން ޖެހޭނީ ހަ ހާސް ރުފިޔާ އެވެ. އަދި މަހު ކުލިވެސް ވަނީ 7,000 އިން 6,000 އަށް ކުޑަކޮށްފަ އެވެ.
ގެދޮރުވެރިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށް ޑައުންޕޭމަންޓުން 17،000ރ ކަނޑާލަން ރައީސް ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ