މާލޭ ނޯތު ހާބަރުގެ 'ޒޯން-އޭ' ގައި އޮޑިދޯނި ފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ލިބޭނެ ނިޒާމު ޤާއިމްކޮށް، އެ ޚިދުމަތް ދޭން ފަށައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ، ނޯތު ހާބަރުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، 'ޒޯން-އޭ' ސަރަހައްދުން ކަރަންޓާއި ފެނުގެ ޚިދުމަތް ދިނުމުގެ އިންތިޒާމްތައް ހަމަޖައްސައި، މިއަދު އެ ޚިދުމަތްތައް ރަސްމީކޮށް ފަށާފައިވާކަމަށެވެ.
މީގެ ކުރިން ކަރަންޓާއި ފެނުގެ ޚިދުމަތް ދެނީ، 'ބީ ޒޯން' އާއި 'ސީ ޒޯން' އިންނެވެ. 'ޒޯން-އޭ' ސަރަހައްދުން ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ފެށީ މިދިޔަ މާރިޗު މަހުގެ ތެރޭގައެވެ. އެމްޕީއެލް އިން ބުނީ، މިހާރު އެ ސަރަޙައްދުން އެއްފަހަރާ 48 އުޅަނދަށް ކަރަންޓުގެ ޚިދުމަތް ދޭނެކަމަށާއި ފެނުގެ ޚިދުމަތް ދޭ 16 ޕޮއިންޓް ޤާއިމްކޮށްފައިވާކަމަށެވެ.
މި މަސައްކަތް ނިންމައި، މި ސަރަހައްދުން ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މާލޭ ނޯތު ހާބަރުގެ ޚިދުމަތް ހޯދާ އޮޑިދޯނިފަހަރަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.
ނޯތު ހާބަރުގެ ޒޯން-އޭއިން ކަރަންޓާއި ފެނުގެ ޚިދުމަތް ދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ