މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރަގައި ލިބިދާނެ ގެއްލުންތަކަށް ސަމާލުވުމަށް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީ އިލްތިމާސް ކޮށްފި އެވެ.
މެޓް އޮފީހުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު ކުރާނީ ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކަމަށާއި މިއާއެކު މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ގަދަވަޔާ އެކު ކަނޑުތައް އާދަޔާ ހިލާފަށް ގަދަވެ، ބައެއް ރަށްތަކުގައި ފެންބޮޑުވުމުގެ ބިރު އެބައޮތް ކަމަށެވެ.
މި ސަމާލާއެކު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް، އަޅާނެ ބައެއް ފިޔަވަޅުތައް ހިއްސާކޮށްފައެވެ. އޭގެތެރޭގައި:
– ގޯތިގެދޮރާއި ކޮޓަރިތަކަށް ވާރޭ ނުވަންނާނެ ގޮތަށް ދުރާލާ އިންތިޒާމު ކުރުން.
– ގަދަ ވައިގެ ސަބަބުން ގެއްލުންވެދާނެ ފަދަ ތަކެތި ރައްކާތެރި ތަނަކަށް ބެހެއްޓުން.
– ކަނޑު ދަތުރު ކުރާ ފަރާތްތަކުން، ދަތުރު ފެށުމުގެ ކުރިން މޫސުމުގެ ފަހުގެ މައުލޫމާތު ހޯދުން.
– ފެންބޮޑުވެދާނެ ހިސާބުތަކުގައި ހުންނަ ފަރާތްތަކުން ސަލާމަތީ ކަންކަން ކުރިއާލާ ފުރިހަމަ ކުރުން.
– ކާބޯތަކެއްޗާއި ބޭނުންކުރާ ތަކެތި ދުރާލާ ހޯދައި ރައްކާކުރުން.
– ކަރަންޓު ބޭނުންކުރާ ތަކެތި (އައިސްއަލަމާރި ފަދަ ތަކެތި) ފެނުން ރައްކާތެރިކުރުން.
– ކަމާ ބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ސަމާލުވެ، ބޭނުންވާ ހާލަތެއްގައި ކަމާ ބެހޭ ފަރާތްތަކާ ގުޅުން.
މީގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން ވެސް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަށް އަމަލުކުރުމަށާއި، ދަތުރުމަތީގައި ހިނގާފާނެ ހާދިސާއަކަށް ދުރާލާ ތައްޔާރުވެ ތިބުމަށް ކޯސްޓްގާޑުން ވެސް ވަނީ އިރުޝާދު ދީފައެވެ.
މޫސުން ގޯސް، ގެއްލުންތަކަށް ސަމާލުވާން އިލްތިމާސެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ