ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން އެނބުރި ޕީޕީއެމްއަށް

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފު އިދިކޮޅު ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ކާނިވާ ސަރަޙައްދުގައި ބާއްވަމުން ގެންދާ ”ހިބަރު ވަދު“ ޖަލްސާގައި މެންބަރު ޙުސައިން ވަނީ އޭނާ ސޮއިކޮށްފައިވާ ފޯމް ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ފޯމް ހަވާލުކޮށްފައެވެ.
މެންބަރު ޙުސައިން މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވީ އަމިއްލަ ހައިސިއްޔަތުންނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ އިސްސަފުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި މެންބަރު ވަނީ ރައީސް ޔާމީންގެ ވަނީ ދެވަނަ ދައުރަށް ރައީސް ޔާމީން އިންތިޚާބުވެ ވަޑައިނުގަތުމުން އޭނާ ވަނީ ޕީޕީއެމް ދޫކުރައްވާ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ އިސްސަފުގައި މާ ޚަރަކާތްތެރިވާތަން އޭރުވެސް ނުފެނެއެވެ.
ދެވަނަ ދައުރަށް މަޖިލީހަށް އިންތިޚާބުވެ ވަޑައިގަތުމުން، މެންބަރު ހުސައިން ދަނީ މި ސަރުކާރާއި ދެކޮޅަށް މަޖިލީހުގައި އަޑު އުފުލަމުންނެވެ. އަދި އިދިކޮޅު ޕްރެސްތަކުގައި ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ