ބިން ހެލުމުގެ ސަބަބުން ދިވެއްސަކަށް ގެއްލުން މިކަމެއް މިހާތަނަށް އެނގިފައެއް ނެވެ. ސަފީރު ފުއާދު ވިދާޅުވީ ދިވެހިންނަށް ގުޅައިގެން މައުލޫމާތު ސާފު ކުރައްވަމުން ގެންދަވާ ކަމަށެވެ.
ބެންކޮކަށް މިއަދުގެ މެންދުރު ވަގުތެއްގައި އައި ބާރުގަދަ ބިންހެލުމާއެކު ދުނިޔޭގެ އެންމެ ހަލަބޮލި ޓޫރިޒަމް މަންޒިލް މިވަގުތު އޮތީ ހުއްޓުމަކަށް އައިސްފަ އެވެ. މިޔަންމާ އަށް އައި 7.8 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމުގެ ސަބަބުން އިމާރާތްތަކުން މީހުން ވަނީ ނެރެފަ އެވެ. މި ވަގުތު ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީގު އާއި ދިވެހިން ތިބީ މަގުމަތީގަ އެވެ.
ތައިލެންޑުގައި ހުންނަވާ "މިރާ" އަށް ސަފީރު ފުއާދު ތައުފީގު ވިދާޅުވީ މިހާތަނަށް ދިވެއްސަކަށް ގެއްލުންވިކަން އެނގިވަޑައިގެންފައި ނެތް ކަމަށާ ދިވެހިން އާއިލާތަކާ ގުޅައި މައުލޫމާތު ސާފު ކުރައްވަމުން ގެންދަވާ ކަމަށެވެ."އެއްވެސް އިމާރާތެއްގެ ތެެރެއަށް ވަނުމުގެ ހުއްދައެއް ނެތް. އެހެންވެ އަޅުގަނޑުމެން ވެސް ހުސް ބިމެއްގައި މަޑުކޮށްލައިގެން މިތިބީ،" ފުދާދު ވިދާޅުވި އެވެ.
އެއްވެސް އިމާރާތެއްގެ ތެެރެއަށް ވަނުމުގެ ހުއްދައެއް ނެތް. އެހެންވެ އަޅުގަނޑުމެން ވެސް ހުސް ބިމެއްގައި މަޑުކޮށްލައިގެން މިތިބީ
ސަފީރު ފުއާދު
ކުރިން އިލެކްޝަން ކޮމިޝަންގެ ރައީސްކަން ކުރެއްވި ފުއާދު ވިދާޅުވި ގޮތުގައި ބައެއް އިމާރާތްތައް ރެނދުލައި އަރި އަޅާލާފައި ހުރި ކަމަށާ ދިވެހިން އުޅޭ ބައެއް އެޕާޓްމަންޓްތަކުގައި ވެސް ރެނދުލާފައި ހުރިކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ."ލިބުނު އަސްލު ގެއްލުން އެނގޭނީ އެޕާޓްމަންޓަށް ވަދެވުނީމަ. މި ވަގުތު މިތިބީ މަގުމަތީގައި،" ފުއާދު ވިދާޅުވި އެވެ.ސަފީރު ވިދާޅުވި ގޮތުގައި ބިން ހެލުން އައި ގަޑީގައި ހުންނެވީ އޮފީހުގައި ކަމަށާ ނަމަވެސް އަނބިކަންބަލުން އެވަގުތު ހުންނެވީ އެޕާޓްމަންޓުގަ އެވެ."އެޕާޓްމަންޓް ހުންނަވީ 28 ވަނަ ބުރީގަ. އެތަނުން ސިޑިން އެންމެން ފޭބީ،" ބިން ހެލުމުގެ ތަޖުރިބާ ހިއްސާ ކުރައްވަމުން ވިދާޅުވި އެވެ.
ބެންކޮކްގައި ދިރިއުޅޭ ދިވެއްސެއް ބުނި ގޮތުގައި ބިން ހެލުމުގެ ސަބަބުން ބައެއް އިމާރާތްތައް ވެއްޓި މުޅި ސިޓީގެ ހާލަތުވެސް މި ވަގުތު އޮތީ ގޯސްކޮށެވެ.ބެންކޮކްއަށް މިއަދު އައި ބިންހެލުމުގެ ސަބަބުން އެ ގައުމުގެ ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. ތައިލެންޑުގެ ބޮޑު ވަޒީރު ޕެޓޮންގްޓަރން ޝިނާވަޓްރާ ވަނީ ސްޓޭޓް އޮފް އިމަޖެންސީ އިއުލާނުކޮށްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ބެންކޮކް ބިން ހެލުން | ސަފީރު ފުއާދުއާއެކު ގިނަ ދިވެހިން މަގުމަތީގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ