މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (މާޗް 31) - މިއާމީ އޯޕަން ފައިނަލުގައި 19 އަހަރުގެ ޔަކޫބް މެންސިކް އަތުން ބަލިވެ، މަޝްހޫރު ޓެނިސް ތަރި، ނޮވަކް ޖޮކޮވިޗް، 100 ވަނަ އޭޓީޕީ ސިންގަލްސް ތަށި ހޯދަން ކުރަމުން އަންނަ އިންތިޒާރު ދިގުލައިފި އެވެ.
ޓެނިހުގެ ބޮޑެތި މުބާރާތައް ކަމަށްވާ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތްތަކުގެ 24 ތަށި ހަމަކޮށް ރެކޯޑެއް ގާއިމްކޮށްފައިވާ ޖޮކޮވިޗް އަންނަނީ ޓެނިހުގެ އޯޕަން އެރޭގައި 100 އޭޓީޕީ ސިންގަލްސް ތަށި ހާސިލްކުރާ ތިން ވަނަ ކުޅުންތެރިޔާ އަށް ވުމަށް މަސައްކަތް ކުރަމުންނެވެ.
އެކަމަކު، މިއާމީ އޯޕަން ފައިނަލުގައި މެންސިކްގެ އަތްދަށުވެ، މި ފަހަރު ވެސް އެކަން ހާސިލްނުވެދިޔައީ އެވެ. ފޯރިގަދަކޮށް ދިޔަ މި މެޗުގެ ސެޓުތައް ދިޔައީ، 7-6، (7-4) 7-6، (7-4) އިންނެވެ.
ޖޮކޮވިޗް، 37، ކެރިއަރުގެ ފުރަތަމަ އޭޓީޕީ ސިންގަލްސް ތަށި، 2006 ވަނަ އަހަރު ހޯދިއިރު، މެންސިކްގެ އުމުރުން އެންމެ 10 މަހެވެ. މީގެ ތިން އަހަރު ކުރިން، 2022 ވަނަ އަހަރު އޮސްޓްރޭލިއަން އޯޕަން އަށް ޖޮކޮވިޗް ޕްރެކްޓިސް ކުރިއިރު، ޖޫނިއާ ކުޅުންތެރިންނަށް ދިން ފުރުސަތެއްގެ ތެރެއިން، މެންސިކް ވަނީ އެ ޕްރެކްޓިހުގައި ވެސް ބައިވެރިވެފަ އެވެ.
"އަހަރެން މި ހިސާބަށް އާދެވުނު އެއް ސަބަބަކީ އެ ފަދަ ފުރުސަތުތައް، އެހެންވީމަ، ޖޮކޮވިޗަށް ވެސް ޝުކުރު އަދާކުރަން،" މެންސިކް ބުންޏެވެ.
މެންސިކް އަކީ ޓެނިސް މާސްޓާސް 1000 ލެވަލް މުބާރާތެއް ކާމިޔާބުކުރި، ނުވަ ވަނަ އަށް އެންމެ އުމުރުން ހަގު ކުޅުންތެރިޔާ އެވެ. އަދި، މިއާމީ އޯޕަން ތަށީގައި އަތްލި ތިން ވަނަ އަށް އެންމެ ހަގު ކުޅުންތެރިޔާ އެވެ. އެއީ، ސްޕެއިނުގެ ރަފައެލް ނަޑާލް އާއި ކާލޯސް އަލްކަރޭޒް ފަަހަތުންނެވެ.
މެންސިކް އަތުން ބަލިވެ ޖޮކޮވިޗްގެ 100 ވަނަ ތަށީގެ އިންތިޒާރު ދިގުލައިފި މެންސިކް އަތުން ބަލިވެ ޖޮކޮވިޗްގެ 100 ވަނަ ތަށީގެ އިންތިޒާރު ދިގުލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ