ފެނަކައިން ވެސް އޭޕްރީލު މަހުގެ ކަރަންޓު ބިލަށް ޑިސްކައުންޓު ދީފި

މާޗު މަހުގެ ކަރަންޓު ބިލަށް ޑިސްކައުންޓު ދިން ފަދައިން މިދިޔަ އޭޕްރީލް މަހުގެ ކަރަންޓު ބިލުން ވެސް ޑިސްކައުންޓު ދީފައިވާނެ ކަމަށް ފެނަކައިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އޭޕްރީލް މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓު ދިނީ އެ މަހަކީ ހޫނު ގަދަ މަހަކަށް ވުމުން އާންމުކޮށް ކަރަންޓު ބިލުތައް ބޮޑުވާ މަހަކަށްވާތީ ރައްޔިތުންނަށް ލުޔެއް ދިނުމަށް ކަމަށެވެ.
ތަފްސީލް - ފެނަކައިން ބުނީ އޭޕްރީލް މަހު ކަރަންޓު ބޭނުން ކުރި މިންވަރު އޭގެ ކުރީ މަހާ ތަފާތުވީ ނަމަވެސް ބައެއް ބިލުތަކުގެ އަދަދު މާޗު މަހުގެ ބިލާ ސީދާ އެއް އަދަދެއްގެ ގޮތުގައި އޮތީ އެ ޑިސްކައުންޓު ދިނުމުގެ ސަބަބުން ކަމަށެވެ.
ޑިސްކައުންޓު ދިން ކަމަށް ފެނަކައިން ބުނި ނަމަވެސް ޑިސްކައުންޓު ހިމަނައިގެން ވެސް ކަރަންޓު ބޭނުން ކުރި މިންވަރަށް ވުރެ ބިލު އިތުރަށް ބޮޑުވެފައިވާ ކަމަށް ބުނެ އާންމުންގެ ތެރެއިން ބައެއް މީހުން އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.
ގުޅުންހުރި - ސްޓެލްކޯއިން ވެސް ވަނީ އެ ކުންފުނިން ކަރަންޓު ހިދުމަތް ދޭ ރަށްރަށުގައި އޭޕްރީލް މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓު ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ