އިސްލާމްއާބާދު، ޕާކިސްތާން (މެއި 9) - އިންޑިއާ އާއި ޕާކިސްތާންގެ ދެމެދުގައި މިހާރު ބަދަލުކުރަމުން އަންނަ ވައިގެ ހަމަލާތަކުގެ ސަބަބުން، ޕާކިސްތާންގެ ފްރެންޗައިސް ކްރިކެޓް ލީގު، ޕާކިސްތާން ސުޕަ ލީގުގެ ބާކީ މެޗުތައް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ކުޅޭ ގޮތަށް ނިންމައިފި އެވެ.
ކަޝްމީރުގެ ޕަހަލްގަމްގައި ޓޫރިސްޓުން ގޮސް އުޅޭ ހިސާބެއްގައި އާންމުންނަށް އަމާޒުކޮށް މިދިޔަ މަހު 22، ގައި ދިން ހަމަލާގެ ޒިންމާ އިންޑިއާއިން އަޅުވަނީ ޕާކިސްތާނުގެ ބޮލުގަ އެވެ. ޕާކިސްތާނުން އެ ތުހުމަތުތައް ދޮގުކުރެ އެވެ. އެ ހަމަލާގައި 23 މީހުން މަރުވި އެވެ. ޕަހަލްގަމްގެ މި ޓެރަރިސްޓު ހަމަލާއާ ގުޅިގެން، އިންޑިއާ އާއި ޕާކިސްތާނުން އަންނަނީ ވައިގެ މަގުން ހަމަލާ ބަދަލުކުރަމުންނެވެ.
ޕާކިސްތާން ސުޕަ ލީގުގައި ރާވަލްޕިންޑީގައި މެޗު ކުޅޭ ސްޓޭޑިއަމް ކައިރީގައި ވެސް ހަމަލާތަކެއް ބަދަލުކޮށް، ޑްރޯން އެއް ވެއްޓިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ހުރިހާ ކަމަކަށް ބަލައި، ޕާކިސްތާން ކްރިކެޓް ބޯޑުން ވަނީ ސުޕަ ލީގާ ގުޅޭ މުހިންމު ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ގޮތުން، ފުރަތަމަ މަޝްވަރާ ކުރެވުނީ، ސުޕަ ލީގު ފަސް ކުރުމަށެވެ.
އެކަމަކު، ބާކީ އެންމެ އަށް މެޗު އޮއްވައި، ވަކި މުއްދަތެއް ނޭނގި ލީގު ފަސް ކުރުމަކީ، ބިދޭސީ މަޝްހޫރު ކުޅުންތެރިން ކުޅޭ ލީގެއްގައި ޓީމު ހިންގާ ފަރާތްތަކަށް މާލީ ބުރައަކަށް ވާނެ ކަމެއް ކަމަށް ބަލައި، ނިންމީ އެހެން ގައުމެއްގައި ކުޅޭށެވެ.
އެ ގޮތުން، މެޗުތައް ޔޫއޭއީގައި ކުޅެން ނިންމި ނަމަވެސް، ޝެޑިއުލާއި ތާރީހާ ގުޅޭ ގޮތުން ހުރިހާ ކަމެއް އަދި ފައިނަލެއް ނުވެ އެވެ.
ހަމަލާތަކުގެ ސަބަބުން ޕާކިސްތާން ކްރިކެޓް ލީގުގެ މެޗުތައް ޔޫއޭއީ އަށް ހަމަލާތަކުގެ ސަބަބުން ޕާކިސްތާން ކްރިކެޓް ލީގުގެ މެޗުތައް ޔޫއޭއީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ