ކުޑަހުވަދޫ ބޮޑުޢީދު ފުޓްސެލް ޗެލެންޖް 1446 ގެ ލޯގޯ އިފްތިތާޙް ކޮށްފި

ކުޑަހުވަދޫ، 20 އޭޕްރިލް 2023 (ބްރަދާސް އެކަޑަމީ) - ބްރަދާސް އެކަޑެމީގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ "ކުޑަހުވަދޫ ބޮޑުޢީދު ފުޓްސެލް ޗެް ޗެލެންޖް 1446" ގެ ލޯގޯ އިއްޔެ ރޭ ރަސްމީކޮށް އިފްތިތާޙް ކޮށްފިއެވެ.
މި މުބާރާތުގެ ލޯގޯ އިފްތިތާޙް ކޮށްދެއްވީ ދ. އަތޮޅު ކައުންސިލްގެ ރަޢީސް އަލްފާޟިލް އަޙްމަދު ޝާފިޢު އާއި ކުޑަހުވަދޫ ކައުންސިލްގެ ރަޢީސް އަލްފާޟިލް ޖާދު ހަމީދެވެ.
ވިއޯލާ ރެސްޓޯރެންޓްގައި ބޭއްވުނު މި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ދ. އަތޮޅު ކައުންސިލްގެ ރަޢީސް އަލްފާޟިލް އަޙްމަދު ޝާފިޢުއެވެ. ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޝާފިޢު ވިދާޅުވީ ބްރަދާސް އެކަޑަމީއަކީ ޒުވާނުންނާ ގުޅުންހުރި މިފަދަ ކަންކަން އިންތިޒާމްކުރުމުގައި ނަމޫނާ އެކަޑަމީއެއް ކަމަށެވެ. އަދި މި މުބާރާތް ކާމިޔާބު މުބާރާތަކަށް ވެގެންދާނީ ބައިވެރިވި ޓީމުތަކުން ވާދަވެރިކަމާއެކު ކުޅިވަރުގެ ރޫޙާ އެއްގޮތަށް ކުޅެގެން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
Advertisement
ޝާފިޢު އިތުރަށް ވިދާޅުވީ، މުބާރާތް ދާއިމީކޮށް ކުރިޔަށް ގެންދިއުމަށް އިންތިޒާމްކުރާ ފަރާތުން މަސައްކަތްކުރާއިރު، އެކަން ދެމެހެއްޓޭނީ ކުޅުންތެރިންގެ ސުލޫކާއި އަޚްލާޤް ހިފެހެއްޓިގެން ކަމުގައެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން ބްރަދާސް އެކަޑަމީގެ ޗެއަރޕާސަން އަލްފާޟިލް އިސްމާޢީލް ޢާދިލް ވިދާޅުވީ މި މުބާރާތް ކުރިޔަށް އޮތްތާނގައި ކޮންމެ އަހަރަކު އެއްފަހަރު ބޭއްވުމަށް ނިންމާފައިވާ ކަމުގައެވެ.
މި މުބާރާތަކީ ކުޑަހުވަދޫގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ފުޓްސެލް މުބާރާތެއް ކަމަށްވާއިރު، މި މުބާރާތުގެ ސަބަބުން ރަށުގެ ކުޅިވަރު ކުރިއެރުވުމަށާއި ޒުވާނުންގެ މެދުގައި އެކުވެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ