ގެދޮރު އިމާރާތް ކުރަން ބޭނުންވާ ފަރާތްތަކަށް ފަސް ޕަސެންޓުގެ އިންޓްރެސްޓު ރޭޓުގައި 25 އަހަރުން އަނބުރާ ދެއްކޭ ގޮތަށް ދޫކުރަން ނިންމާފައިވާ ހިޔާވެހި ފައިނޭންސިން ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ ހޮނިހިރު ދުވަހުގެ ރެއަށް ހަމަވާނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ހިޔާވެހި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ މިދިޔަ އަހަރުގެ ނޮވެމްބަރު 8، ގަ އެވެ. އެ ލޯނަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހޮނިހިރު ދުވަހުގެރޭ 11:59 އެކެވެ. ލޯނަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅޭނީ ހައުސިން މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ދޫކުރާ ހިޔާވެހި ލޯން ސްކީމަކީ ތިން ކެޓެގަރީއަށް ބަހާލައިގެން ކުރިއަށް ގެންދާ ސްކީމެކެވެ.
އޭގެ ކޮންމެ ކެޓެގަރީއެއްގެ ދަށުން ދޫކުރާ ލޯނުގެ އަދަދު ތަފާތުވުމުގެ އިތުރުން ދައްކަންޖެހޭ އަގު ވެސް ތަފާތެވެ. އެ ސްކީމުގެ ދަށުން ލޯނު ދޫކުރަނީ ކޮންމެ މީހަކު ވެސް ފުރަތަމަ އިމާރާތް ކުރާ ގެއަށެވެ.
ހިޔާވެހި ސްކީމުގެ ދަށުން ލޯނުގެ ގޮތުގައި ދޫކުރުމަށް ދެ ބިލިއަނާއި ފަސް ބިލިއަނާ ދެމެދުގެ އަދަދެއް ވަނީ މި އަހަރަށް ލަފާ ކުރާ ބަޖެޓުގައި ހިމަނައިފަ އެވެ.
ހިޔާވެހި ފައިނޭންސިން ލޯނަށް އެދުމުގެ ފުރުސަތު ހޮނިހިރު ދުވަހުގެ ރެއަށް ހަމަވާނެ ހިޔާވެހި ފައިނޭންސިން ލޯނަށް އެދުމުގެ ފުރުސަތު ހޮނިހިރު ދުވަހުގެ ރެއަށް ހަމަވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ