ހެޔޮލަފާ ވެރިކަމެއްގެ މަންޒަރުތައް ރައްޔިތުންނަށް އެބަފެނޭ

ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ރައްޔިތުންނަށް ފެންނަމުންދާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ފަހުމީ މިހެން ވިދާޅުވީ މިއަންނަ މަހުން ފެށިގެން ޑޮމެސްޓިކް ކެޓަގަރީ ކަރަންޓު ޓެރިފް ކުޑަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް ހިންގާ ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ދިވެހި ރައްޔިތުންނަށް ފެނި ކަށަވަރުވަމުންދާ ކަމަށެވެ.
"ކުރީގެ އެއްވެސް ސަރުކާރަކުން ކުރަން ކެރިފައިނުވާ ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ވަނީ ކުރައްވައި، އެކަން ރަސްމީކޮށް އިޢުލާންކުރައްވާފައި،" ފަހުމީ ވިދާޅުވި އެވެ.
ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް ހިންގާ ހެޔޮލަފާ ވެރިކަމެއްގެ ޙަޤީޤީ މަންޒަރުތައް ދިވެހި ރައްޔިތުންނަށް ފެނި މިދަނީ ކަށަވަރުވަމުން. ކުރީގެ އެއްވެސް ސަރުކާރަކުން ކުރަން ކެރިފައިނުވާ ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ވަނީ ކުރައްވައި، އެކަން ރަސްމީކޮށް… https://t.co/Xq7gIQx7au
— Hussain Fahmy (@HussainFahmy09) May 30, 2025
ރައީސް ވިދާޅުވީ އަންނަ މަހުގެ އެކަކުން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަން ތަންފީޒުކުރުމުގައި ދެމެހެޢްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ކަރަންޓުގެ ޓެރިފް ރޭޓަށް ގެންނެވި ބަދަލު:
ބޭންޑް 0-100 އަށް މިހާރު އިންނަ ރޭޓް 1.50 އިން 1.25 އަށް ބަދަލުވާނެ
ބޭންޑް 101-200 އަށް މިހާރު އިންނަ ރޭޓް 1.70 އިން 1.50 އަށް ބަދަލުވާނެ
ބޭންޑް 201-300 އަށް މިހާރު އިންނަ ރޭޓް 2.15 އިން 1.50 އަށް ބަދަލުވާނެ
ބޭންޑް 301-400 އަށް މިހާރު އިންނަ ރޭޓް 2.50 އިން 1.50އަށް ބަދަލުވާނެ
ބޭންޑް 401-500 އަށް މިހާރު އިންނަ ރޭޓް 2.95 އިން 2.66 އަށް ބަދަލުވާނެ
ބޭންޑް 501-600 އަށް މިހާރު އިންނަ ރޭޓް 3.55 އިން 3.25 އަށް ބަދަލުވާނެ
ބޭންޑް 600+ އަށް މިހާރު އިންނަ ރޭޓް 4.25 އިން 3.83 އަށް ބަދަލުވާނެ
ކަރަންޓު އަގުހެޔޮކުރަން ނިންމާފައިވާއިރު، ސަރުކާރުން ވަނީ މިދިޔަ ދެ ރޯދަ މަހުވެސް ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓް ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ