މާލޭގެ ބޮޑު ބަޔަކަށް ކަރަންޓު ދީފިން: ސްޓެލްކޯ

މިއަދު މެންދުރުފަހުން ފެށިގެން މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވާއިރު މާލޭގެ ބޮޑު ސަރަހައްދަކަށް ހިދުމަތް ދެވިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - މެންދުރު 12:40 ހާއިރު ކަރަންޓު ކެނޑުމުގެ ސަބަބުން އާންމު ދިރިއުޅުމުގެ ގިނަ ކަންތައްތަކަށް ވަނީ ބުރޫ އަރައިފަ އެވެ. މީގެ އިތުރުން އާންމު ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް ދަތިތައް ދިމާވި އެވެ.
ތަފްސީލް - ސްޓެލްކޯ އިން ބުނީ މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ކަރަންޓު ދެވިފައިވާ ކަމަށާއި ހިދުމަތް ނުދެވޭ ސަރަހައްދުތަކަށް ވެސް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން މާލެ ސަރަހައްދުގެ ސްކޫލުތަކުގެ މެންދުރު ފަހުގެ ދަންފަޅީގެ ކިޔެވުން ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.
މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ބަލަން ރައީސް މުހައްމަދު މުއިއްޒު އަންގަވާފައިވާއިރު ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ