މެޓުން ބުނާގޮތުން ކުރިއަށް އޮތީ ގަދަ ތިން ދުވަސް

ހުޅަނގު މޫސުމުގެ ބާރުގަދަކޮށްލައި، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟- ރާއްޖެއަށް މިހާރު އޮތީ ހުޅަނގު މޫސުން ފެށިފަ އެވެ. މެޓުން ބުނާގޮތުން މާދަމާއިން ފެށިގެން އަންނަ އަންގާރަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ އެވެ.
އޭގެ އިތުރުން މެދު ރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.
އެނގުން މުހިއްމު- ހުޅަނގު މޫސުން ފެށުނު ފަހުން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ކޮންމެވެސް ވަރަކަށް ވިއްސާރަކުރަމުންނެވެ. އެކަމަކު އާއްމު ގޮތެއްގައި މޫސުން ރަނގަޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ