އަހަރު ނިމުމުގެ ކުރިން ތައުލީމީ ދާއިރާ އެއްކޮށް ޑިޖިޓަލައިޒްކުރަނީ
މި އަހަރު ނިމުމުގެ ކުރިން ތައުލީމީ ދާއިރާ އެއްކޮށް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުގެ ޑިޖިޓަލް ސްޓްރެޓެޖިސްޓް، ސިޔާހު ޚަލީލް ވިދާޅުވެއްޖެއެވެ. މިއީ ސަރުކާރުން މި ފަހުން އިފުތިތާހުކުރި، ސަރުކާރުގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލްކޮށް، ރާއްޖެ ޑިޖިޓަލްކުރުމުގެ ތަސައްވުރު "މޯލްޑިވްސް 2.0" ތެރެއިން ކުރާ މަސައްކަތެކެވެ. 'ސަން އޮންލައިން' ގެ 'އެޑިޓަރުގެ ސުވާލު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސިޔާހު ވިދާޅުވީ، ވާޗުއަލް އެޑިއުކޭޝަން ނުވަތަ ޑިޖިޓަލް ދުނިޔޭގައި އޮންލައިންކޮށް ކިޔެވުމާ ހަމައަށް ރާއްޖޭގެ ތައުލީމީ ދާއިރާ ގެންދިޔުމަށް މީގެ ކުރިން ވެސް ކޮންމެ ވެސް ވަރަކަށް މަސައްކަތްކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް، އަދި އެ މަސައްކަތް ކާމިޔާބު ވާނީ އެކަމުގައި އިދާރީ ގޮތުން ކުރަން ހުރި ކަންކަން ދެނެގަނެ، އެކަންކަން ކޮށްގެން ކަމަށް ސިޔާހު ވިދާޅުވިއެވެ. 'ސަން އޮންލައިން' ގެ 'އެޑިޓަރުގެ ސުވާލު' ޕްރޮގްރާމްގައި ރައީސް އޮފީހުގެ ޑިޖިޓަލް ސްޓްރެޓެޖިސްޓް، ސިޔާހު ޚަލީލް: ވިދާޅުވީ އަހަރު ނިމުމުގެ ކުރިން ތައުލީމީ ދާއިރާ އެއްކޮށް ޑިޖިޓަލައިޒްކުރަނީ ކަމަށް -- ފޮޓޯ/ ސަން ސިޔާހު ވިދާޅުވީ، 2.0 މަޝްރޫއުގެ ދަށުން ތައުލީމީ ދާއިރާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ސެކްޓާއެއް ކަމަށެވެ. ބައި ދި އެންޑް އޮފް ދި އިޔާ އެޑިއުކޭޝަން ސެކްޓާ އެއްކޮށް ޑީޖިޓަލައިޒްކުރުމުގެ ކަންތައްތައް ވެސް ކުރިއަށް އެބަ ގެންދޭ. އެގޮތުން މުޅި ކަރިކިއުލަމް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް އެބަ ކުރިއަށްގެންދޭ، ރައީސް އޮފީހުގެ ޑިޖިޓަލް ސްޓްރެޓެޖިސްޓް، ސިޔާހު ޚަލީލް ސިޔާހު ވިދާޅުވީ، ކަރިކިއުލަމް އެއްކޮށް ޑިޖިޓަލައިޒް ކުރުމުން ލިބޭ ފައިދާތަކެއް ވެސް ވާ ކަމަށެވެ. އެގޮތުން، ވާޗުއަލްކޮށް ކިޔަވާ ކުއްޖާއަށް މުޅި ޑިޖިޓަލް ކަރިކިއުލަމް އެއްކޮށް ލިބޭނެ ކަމަށެވެ. އޭރުން މުތާލިއާ ކުރުމުގެ އިތުރުން ދިރާސާ ކުރުމަށް ވެސް މަގުފަހިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން 2.0 މަޝްރޫއުގެ ދަށުން ކުރާ މައިގަނޑު ކަމަކީ ޒަމާނާ އެއްގޮތަށް އަންނަ ބަދަލުތަކުގެ ތެރެއިން، އެ ބަދަލުތައް ހޯދައި އެ ބަދަލުތައް މިހާރުގެ އެޑިއުކޭޝަން ސިސްޓަމްގެ ތެރެއަށް އެއްކޮށްލުން ކަމަށް ސިޔާހު ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި އެޑިއުކެޝަން މިނިސްޓްރީން މިހާރު އެ ކުރަމުންދާ މަސައްކަތް ކޮންމެ ހަފުތާއަކު ވެސް 2.0 ވެބްސައިޓް މެދުވެރިކޮށް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓު ފެށުން -- ފޮޓޯ: ރައީސް އޮފީސް "މޯލްޑިވްސް 2.0"އަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް ރާއްޖެ ގެންދިޔުމުގައި ރައީސް މުއިއްޒުގެ ގައުމީ ތަސައްވުރެވެ. އެއީ، ސަރުކާރުން ޚިދުމަތްކުރާ ގޮތާއި އިގްތިޞާދު ކުރިއަރަމުންދާ ގޮތާއި އާންމު ޚިދުމަތާއި ޒަރޫރީ މައުލޫމާތު ކޮންމެ ދިވެއްސަކަށް، ކޮންމެ ރަށަކަށް ފޯރުވާގޮތް އަލުން ބައްޓަންކުރުމުގެ ތަސައްވުރެއް ކަމަށް ސަރުކާރުން ބުނެއެވެ. "މޯލްޑިވްސް 2.0" ގެ މަސައްކަތް ނިމުމުން ސަރުކާރު މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި ވަޒީފާ އަދައިކުރާނީ އެ މުވައްޒަފަކު ހުރި ތަނެއްގައި ހުރެ، 'ވޯކް ފްރޮމް ހޯމް' އުސޫލުން ކަމަށް ރައީސް މުއިއްޒު އެ ރޭ ވިދާޅުވިއެވެ. https://sun.mv/205849 މޯލްޑިވްސް 2.0ގެ ސަމިޓު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ހޯމްލޭންޑް ސެކިއުރެޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނު ވިދާޅުވީ، މޯލްޑިވްސް 2.0 އަކީ މުޅި ދިވެހި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ހިމެނޭހެން ދައުލަތުގެ ތިން ބާރު ވެސް ފުރިހަމައަށް ބައިވާގޮތަށް ފަރުމާކޮށްފައިވާ ސިޔާސަތެއް ކަމަށެވެ. އިހުސާން ވިދާޅުވީ، މި ސަމިޓުގެ މުޅި މަސައްކަތް ކުރިއަށްދާނީ ރައީސް ޗެއާކުރައްވާ، ދާއިރާގެ މާހިރުން ހިމެނޭ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލެއްގެ ބެލުމުގެ ދަށުން ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުގެ 2.0 މަޝްރޫއަށް އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ރާއްޖެ ޑިޖިޓަލްކުރުމުގެ ތަސައްވުރުގެ ތެރެއިން އުޅެނީ ކޮރަޕްޝަން ޑިޖިޓަލް ކުރަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ތުހުމަތުކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ