މ. ނާއިންފަރުއާގެ ނީލަމުގައި 8 މިލިއަން ރުފިޔާއަށް ވިއްކާލަނީ މ. ނާއިންފަރުއާގެ ނީލަމުގައި 8 މިލިއަން ރުފިޔާއަށް ވިއްކާލަނީ

މ. ނާއިންފަރުއާގެ ނީލަމުގައި އަށް މިލިއަން ރުފިޔާއަށް ވިއްކާލަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލުން އިއުލާންކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ ޖުމްލަ 792 އަކަފޫޓުގެ އެ ގެ ވިއްކަން ނީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މާޗު 25، ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.
"މުއްދަތު ހަމަވާ ތާރީހާ ހަމައަށް ނީލަމަށް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެ ވަގުތު އެތަނަށް ހާޒިރުވެ ވަޑައިގެން ތިއްބެވި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިއުލާން ކުރެވޭނެ،" އެ ބޭންކުން ބުންޏެވެ.
މި ގެ ގަތުމަށް ހުށަހަޅާ އަގުތަކުގެ ތެރެއިން އެންމެ މަތީ އަގު ކޮންމެ ދުވަހު ބޭންކުގެ ވެބްސައިޓުގައި އާންމުކުރަމުންދާނެ އެވެ.
ނީލަން ނިންމާލެވޭނީ އެންމެ މަތީ އަގު ކަމުގައި އިއުލާން ކުރެވޭ އަގަށް ބަދަލެއް ނައިސް، އިއުލާން ކުރެވޭ ތާރީހުން ފެށިގެން ޖެހިޖެހިގެން ފަސް ދުވަސް ވަންދެން (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ) އެއް އަގެއްގައި އޮތުމުން ކަމަށް ބީއެމްއެލްއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ