ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަނުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.
މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ހިންގާ ކަމަށް ފުލުހުން ބުނީ މިރޭ އެވެ. އޭގެ ފަހުން ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ދަނީ މަގުތަކަށް ނުކުމެ އެކި ތަންތަން ބަލައި ފާސްކުރަމުންނެވެ.
އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ޖުމްހުރީ މައިދާން ސަރަހައްދުން ބަލާ ފާސްކުރި ލޮރީއެއް ދުއްވަން އިން މީހަކާއި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފުލެޓަކުން މީހެކެވެ.
މިކަމާ ގުޅިގެން ފުލުހުން އަދި ސިފައިންގެ ރަސްމީ ބަހެއް ލިބިފައިނުވާއިރު ހައްޔަރުކުރި މީހުންގެ އަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
މި ނޫހުގެ ޓީމުން މިހާތަނަށް އެއްކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ސަލާމަތީ ބާރުތަކުން ބެލި ތަންތަން:
މީގެއިތުރުންވެސް މަގުމަތަކުގައި ގިނަ އަދަދަކަށް ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ޓެރަރިޒަމްގެ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.
ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަނުގައި ބަޔަކު ހައްޔަރުކޮށްފި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަނުގައި ބަޔަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ