ވޯސޯ، ޕޮލެންޑް (އޭޕްރީލް 11) - ޔުއެފާ ކޮންފަރެންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރަށުންބޭރުގައި ލެގިއާ ވޯސޯ އަތުން 3-0 އިން މޮޅުވެ، ޗެލްސީން މުބާރާތުގެ ސެމީ ފައިނަލާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.
ޔޫރަޕްގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮންފަރެންސް ލީގުގެ ފޭވަރިޓުންގެ ގޮތުގައި މި ފަހަރު އޮތް ޗެލްސީން ސެމީ ފައިނަލާ ގާތަށް ޖެހިލީ، ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރަށުންބޭރުގައި ފުރިހަމަ މޮޅެއް ހޯދައިގެންނެވެ.
ސްޓެޑިއޯން މިއެޖްސްކީގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައިނުވެ އެވެ. އެކަމަކު، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ ޗެލްސީން ލީޑުނެގި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ، މެޗުގެ 49 ވަަނަ މިނިޓްގައި، ޓައިރިކް ޖޯޖް އެވެ. އިންގްލެންޑްގެ 19 އަހަރުން ދަށުގެ ޓީމަށް ކުޅެމުން އަންނަ ޖޯޖް ޗެލްސީ އަށް ޖަހައިދިން ފުރަތަމަ ގޯލު ކާމިޔާބުކުރީ، އެ ޓީމުގެ ރީސް ޖޭމްސް ކުރި އެޓޭކެއްގެ ރީބައުންސް ހޯދައިގެންނެވެ.
ބަދަލަކަށް ކުޅެން އެރި ނޯނީ މަޑުއޭކޭ ވަނީ މެޗުގެ 57 ވަނަ މިނިޓްގައި ޗެލްސީގެ ލީޑުފުޅާކޮށްދީފަ އެވެ. މި ގޯލުގައި ޗެލްސީގެ ޖޭޑަން ސަންޗޯ އިސް ރޯލެއް އަދާކުރި އެވެ. ތިން ވަނަ ގޯލެއް ޖަހަން ޗެލްސީ އަށް މެޗުގެ 73 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީން ކްރިސްޓޮފާ އެންކުންކޫ ޖެހި ބޯޅަ ލެގިއާ ވޯސޯ ކީޕަރު، ކެސްޕާ ޓޮބިއާޒް މަތަކުރި އެވެ.
އެކަމަކު، އޭގެ އިރުކޮޅެއް ފަހުން، މަޑުއޭކޭ ވަނީ ޗެލްސީގެ ތިން ވަނަ ގޯލު ޖަހައި، އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަަނަ ލެގުގެ ކުރިން، ބޮޑު ފައިދާއެއް ނަގައިފަ އެވެ.
ކޮންފަރެންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަަމަ ލެގުގައި، ރެޕިޑް ވިއެން އިން 1-0 އިން ޖުގާޑަން އަތުން މޮޅުވިއިރު، އެންކޭ ސެލްޖޭ އަތުން ފިއޮރެންޓީނާ މޮޅުވީ 2-1 އިންނެވެ. އަދި، ޖަގިއެލޯނިއާ ބިއަލީސްޓޯ އަތުން ރެއާލް ބެޓިސް ވަނީ 2-0 އިން މޮޅުވެފަ އެވެ.
ޗެލްސީން ކޮންފަރެންސް ލީގުގެ ސެމީ ފައިނަލާ ގާތަށް ޗެލްސީން ކޮންފަރެންސް ލީގުގެ ސެމީ ފައިނަލާ ގާތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ