މަތީ އިމާރާތަކުން ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮތް ޒުވާން އަންހެނަކަށް ފަރުވާދެނީ މަތީ އިމާރާތަކުން ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮތް ޒުވާން އަންހެނަކަށް ފަރުވާދެނީ

ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮތް ޒުވާން އަންހެނަކު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ 21 އަހަރުގެ އެ އަންހެން މީހާ ފުރާޅު މައްޗަށް ވެއްޓިފައިވާ ކަމުގެ މައުލޫމާތު ހެނދުނު 7:23 ހާއިރު ލިބިގެން ހޮސްޕިޓަލަށް ގެންދިޔައީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާ އެކު ކަމަށެވެ.
އަންހެން މީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް ފުލުހުންގެ އިތުރުން އައިޖީއެމްއެޗް އިން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުގައި އެ އަންހެން މީހާ ފުރާޅުމައްޗަށް ވެއްޓިފައި ވަނީ އިމާރާތެއްގެ މަތިން ކަމަށް ބެލެވެ އެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ