"ސޭފް ހޯމް" އެއް ގާއިމްކުރަނީ، ފެސިލިޓީއަށް ބޭނުންވާ ބިން ސަރުކާރުން ގަނެފި

ގެވެށި
އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން
ފޯރުކޮށްދިނުމަށް، "ސޭފް ހޯމް" ފެސިލިޓީއެއް ގާއިމު ކުރުމަށް
ހުޅުމާލެއިން 10،000 އަކަފޫޓުގެ ބިމެއް 31.5 މިލިއަން ރުފިޔާއަށް ސަރުކާރުން
ގަނެފި އެވެ.
ފިނޭންސް މިނިސްޓްރީން މި ބިން ގަނެފައިވަނީ ހުޅުމާލޭގައި
ސޭފް ހޯމް ފެސިލިޓީއެއް ތަރައްގީކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑް (އެޗްޑީސީ) އާއި ފިނޭންސް މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ސޯޝަލް ފެމެލީ
ޑިވެލޮޕްމަންޓާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންކަމަށް ސިވިލް ކޯޓުގެ ވެބްސައިޓުގައި
އިއްޔެ އާންމު ކުރި ހުކުމުގައިވެއެވެ.
މިބިން ވިއްކުމުގެ މައްސަލަ ސިވިލް ކޯޓުގައި ރަޖިސްޓްރީ
ކޮށްފައިވަނީ 15 ޖުލައި 2024 ގައެވެ. މި މައްސަލަ ކޯޓުން ނިންމީ އިއްޔެ އެވެ. 
Advertisement
ސިވިލް ކޯޓުގެ ހުކުމުގައި ވާގޮތުން ހުޅުމާލެ ލޮޓް ނަމްބަރު
11707 (A2-1)
ގެ އަމިއްލަ ބިން ގަތުމަށް ދައްކަން ޖެހޭ 31.5 މިލިއަން ރުފިޔާ، ފިނޭންސް
މިނިސްޓްރީން އެޗްޑީސީއަށް ދައްކާ ވަނީ ހަލާސްކޮށްފައެވެ. އެއީ އަކަފޫޓަކަށް
3،150ރ. ޖެހޭ އަގެކެވެ.
ހުޅުމާލެ އާއި އައްޑޫ ސިޓީ އަދި ރ. އަތޮޅުގައި ސޭފް ހޯމް
ފެސިލީޓީ ތަރައްގީކުރުމަށް "ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް
އިނީޝިއޭޓިވް" ޕްރޮޖެކްޓުގެ ދަށުން ނިންމާފައިވެއެވެ. އެއީ ދިވެހިރާއްޖެ އާއި
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީއާ) ދެމެދު 2022 ވަނަ އަހަރު ވެފައިވާ
އެއްބަސްވުމެއްގެ ދަށުން އޭޑީބީގެ ހިލޭ އެހީގައި ކުރިއަށް ގެންދަން ކުރިން ނިންމި
ޕްރޮޖެކްޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ