ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ޢާއިލީ ގެކޮޅާއި އޭނާގެ ޕާޓީގެ އެހެން މެންބަރުންގެ ގެތަކުގައި މުޒާހަރާގެ ބައިވެރިން އަލިފާން ރޯކޮށްލާފައެވެ.
ހަސީނާގެ ބައްޕައަކީ މިނިވަންކަމުގެ ބަޠަލެއްގެ ގޮތުގައި ފުޅާ ދާއިރާއެއްގައި ބެލެވޭ ފަރާތެކެވެ. ނަމަވެސް އޭނާގެ ދަރިފުޅާ މެދު އުފެދިފައިވާ ރުޅީގެ ސަބަބުން ހަސީނާއަށް ފާޑުކިޔާ ފަރާތްތަކުގެ މެދުގައި މުޖީބުރް ރަހްމާންގެ ތަރިކަ ވަނީ ހަޑިވެފައެވެ.
ހަސީނާ ފާއިތުވި އަހަރުގެ އޯގަސްޓް މަހު އިންޑިއާއަށް ފިލި ނަމަވެސް، އޭނާއާއި އޭނާގެ ޕާޓީ އަވާމީ ލީގުގެ މެންބަރުންނާ މެދު އޮތް ރުޅިވެރިކަން ކުޑައެއްނުވެއެވެ.
ފާއިތުވި އަހަރު ހަސީނާގެ ސަރުކާރުން މުޒާހަރާތައް ހުއްޓުވާލަން މަސައްކަތްކުރުމުގައި 200 އަށްވުރެ ގިނަ މީހުން މަރުވިއެވެ.
ބުދަ ދުވަހު، މުޒާހަރާގެ ބައިވެރިން ވަނީ އަވާމީ ލީގުގެ އިސް ލީޑަރުންގެ ގެތަކާއި ވިޔަފާރިތައްވެސް ހަލާކުކޮށް އަލިފާން ރޯކޮށްލާފައެވެ. އަދި މިފަދަ ޣައްދާރުންގެ ކިބައިން ޤައުމު ސާފުކުރުމަށް ސޯޝަލް މީޑިއާގައި ގޮވާލުންތައް އިވެމުންދެއެވެ.
ހަސީނާގެ ޢާއިލީ ގެކޮޅުގައި މުޒާހަރާގެ ބައިވެރިން ރޯކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ