ދުނިޔޭގައި ނަން ހިނގާ ފަތުރުވެރިކަމުގެ މަންޒިލަކަށް ރާއްޖެ ބަދަލުވެގެން ދިޔައީ، ހާލަތާއެއްގޮތަށް މަސައްކަތް ކޮށްގެން- ޑރ ވަހީދު ރާއްޖެއަކީ އިޤްތިޞާދީގޮތުން ވަރުގަދަ އަދި ފުދުންތެރި ދައުލަތެއްގެ ގޮތުގައި ބިނާކުރުމަކީ އެންމެންގެ ޒިންމާއެއް – ނައިބު ރައީސް އ

އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ކޮންމެ ހިއްސާއަކަށް 2 ރުފިޔާ ބެހުމަށް އެ ކުންފުނިން ނިންމައިފިއެވެ.
އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސ،ާ ބާސެލޯ ނަސަންދުރާގެ “އަރި” ބޯލްރޫމްގައ،ި ބޭއްވި އިރު މި ޖަލްސާގައި 156 ހިއްސާދާރުން ވަނީ ބައިވެރިވެފައިވެއެވެ. ހިއްސާއަކަށް 2 ރުފިޔާ ބަހަން ފާސްވީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99.5 ޕަސެންޓުގެ ވޯޓުންނެވެ.
މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް 45 މިލިއަން ރުފިޔާ ލިބުނު އިރު މިއީ އޭގެ ކުރީ އަހަރު ލިބުނު ފައިދާ އަށް ވުރެ 52 މިލިއަން ރުފިޔާ މަދު އަދަދެކެވެ. އެމްޓީސީސީ އަށް 2023 ވަނަ އަހަރު ފައިދާގެ ގޮތުގައި 97 މިލިއަން ރުފިޔާ ލިބިފައިވާއިރު 2024 ވަނަ އަހަރު މިހާ ބޮޑު ގެއްލުމެއް ވީ އެ ކުންފުނީގެ ކޮންސްޓްރަކްޝަން އަދި ޑްރެޖިން ދާއިރާގެ އާމްދަނީ 37 ޕަސެންޓަށް ދަށްވުމުންނެވެ.
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި އެ ކުން ފުނީގެ 2024 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއ،ި އޮޑިޓް ކޮށްފައިވާ މާލީހިސާބުތަކާއ،ި 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވަނީ ފާސްކޮށްފައެވެ.
އެ ކުންފުނީގެ 2025 ވަނަ އަހަރަށް އެކްސްޓާނަލް އޮޑިޓަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ ‘ޑެލޮއިޓް ޕާޓްނާސް’ އެވ.ެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ