އީރާނުން އިޒްރޭލުގެ އެންމެ ޒަަމާނީ އެއް ޑްރޯން ވައްޓާލައިފި

އީރާންގެ ގައުމީ ޓީވީން ވަނީ އިޒްރޭލުގެ އެންމެ ޒަމާނީ އެއް ޑްރޯން ކަމަށްވާ ހެމިސް 900 ގެ ޑްރޯންއެއް ވައްޓާލާފައި ވަނިކޮށް ނަގާފައިވާ ވީޑިއޯއެއް އާއްމުކޮށްފަ އެވެ.
އީރާނުގެ ވައިގެ ކޮންޓްރޯލް ލިބިފައިވާ ވަނިކޮށް އިޒްރޭލުން ބުނެފައި ވަނިކޮށް އެ ގައުމުގެ އެންމެ ޒަމާނީ ޑްރޯންއެއް ވައްޓާލައިިފި އެވެ. 
އީރާންގެ ގައުމީ ޓީވީން ވަނީ އިޒްރޭލުގެ އެންމެ ޒަމާނީ އެއް ޑްރޯން ކަމަށްވާ ހެމިސް 900 ގެ ޑްރޯންއެއް ވައްޓާލާފައި ވަނިކޮށް ނަގާފައިވާ ވީޑިއޯއެއް އާއްމުކޮށްފަ އެވެ. މި ޑްރޯން ވައްޓާލާފައިވަނީ އީރާންގެ އިސްފަހާން ސަރަހައްދުގައި އުދުހެމުން ދަނިކޮށެވެ. 
އިޒްރޭލުގެ މި ޑްރޯންއަކީ ގާތްގަނޑަކަށް 10 މިލިއަން ޑޮލަރުގެ އުފެއްދުމެކެވެ. 
އީރާނުން މީގެ ކުރިން ވަނީ އިޒްރޭލު އެންމެ ޒަމާނީ ހަނގުރާމަމަތީ ހަނގުރާމަ މަތީ މަތިންދާ ބޯޓް އެފް 35 ގެ ބޯޓެއް ވައްޓާލާފައިވާ ކަމަށްވެސް ބުނެފަ އެވެ. 
އީރާނާއި އިޒްރޭލާ ދެމެދު ހިންގަމުންދާ ހަމަނުޖެހުންތަކުގައި ދެ ފަރާތުން ދަނީ ހަމަލާދެމުންނެވެ. އީރާނުން ވަނީ އިޒްރޭލުގެ މުހިންމު ގިނަ ތަންތަނެއް ހަލާކުކޮށްލާފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ