މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް
ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)އިން ބާއްވާ ބިލްޑް
އެކްސްޕޯގެ 4 ވަނަ އެޑިޝަންގައި ބައިވެރިވުމަށް ސީ ގިއާއިން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ބިލްޑް އެކްސްޕޯގައި މިފަހަރު ސީ ގިއާއިން އިސްކަންދޭނީ، އެ ކުންފުނިން މުޅިން އަލަށް
ރާއްޖެއަށް ތައާރަފްކުރާ 'ޕޮލިޕްލާސްޓް ޑިއެންޖެލޯ' ބްރޭންޑުގެ 'މެރިން އަޕޯލްސްޓްރީސް' އާއި 'ޓެކްނިކަލް ފެބްރިކް' ދައްކާލުމަށެވެ.
ތަފްސީލު - 'ޕޮލިޕްލާސްޓް ޑިއެންޖެލޯ'އަކީ އިޓަލީ ވިލާތުގެ
މަޝްހޫރު، ފެބްރިކް އުފައްދާ ކުންފުންޏެކެވެ. ޕޮލިޕްލާސްޓްގެ އުފެއްދުންތަކުގެ
ތެރޭގައި:
ސީޓިން ކުޝަން ހަދަން ބޭނުންކުރާ ފޮތި
މެރިން-ގްރޭޑް ސީޓިން ހަދަން ބޭނުންކުރާ ފޮތި
އިންޑޯ އަދި އައުޓްޑޯ އެކިއެކި ސީޓިންއަށް ބޭނުންކުރާ ފޮތި
މީގެ އިތުރުން ކާރު އަދި ސައިކަލުގައި ވެސް މި ފޮތީގެ އެކި ރޭންޖް
ބޭނުންކުރެވޭނެ އެވެ.
ބިލްޑް އެކްސްޕޯގެ ސީ ގިއާގެ ސްޓޯލްގައި ޕޮލިޕްލާސްޓް އުފެއްދުންތަކާ ގުޅޭ ގޮތުން
މައުލޫމާތު ދޭނީ އެ ކުންފުނީގެ ފަރާތުން އެންޓޯނިއޯ އެވެ.
ކުރިއަށްދާނީ އޭޕްރީލް 24 އިން 27އަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައި
ސީ ގިއާގެ ސްޓޯލަކީ 'އެސް 60'
ސީ ގިއާގެ އުންމީދަކީ ވީހާ ވެސް ގިނަ މީހުން ބިލްޑް އެކްސްޕޯގައި އެ ކުންފުނީގެ ސްޓޯލަށް ޒިޔާރަތްކޮށް، އެ އުފެއްދުންތަކާ ބެހޭ މައުލޫމާތު ބަލައިލުމެވެ.
ބިލްޑް އެކްސްޕޯ އިންތިޒާމުކުރާ އެމްއެންއޭސީއައިއަކީ 30 އޮކްޓޫބަރު 2001 އިން ފެށިގެން ރާއްޖޭގެ ދެ ވަނައަށް އެންމެ ބޮޑު ސިނާއަތް ކަމަށްވާ ކޮންސްޓްރަކްޝަން ސިނާއަތް ތަމްސީލުކުރާ ޖަމިއްޔާއެކެވެ.
އެ ޖަމިއްޔާއިން އުފުލާ ޒިންމާތަކުގެ ތެރޭގައި:
އިމާރާތްކުރުމުގެ ދާއިރާ ތަރައްގީކޮށް، އެ ދާއިރާގެ ނަމާއި ދަރަޖަ ބައިނަލްއަގްވާމީ ފެންވަރަށް ގެނައުން
ކޮންޓްރެކްޓަރުން، މަސައްކަތްތެރިން، ވަޒީފާ ދޭ ފަރާތްތައް، މުވައްޒަފުން އަދި ގުޅިގެން މަސައްކަތްކުރާ ވިޔަފާރިތައް ރައްކާތެރިކުރުން
ސަރުކާރުގެ އިދާރާތަކާއި އާންމުންގެ މެދުގައި އެ ސިނާއަތުން އިސްކަންދޭ ކަންކަމާއި މައްސަލަތަކާއި ގޮންޖެހުންތަކަށް ހައްލު ހޯދަން މަސައްކަތްކުރުން
ސީ ގިއާއިން ބިލްޑް އެކްސްޕޯގައި ޕޮލިޕްލާސްޓް ރޭންޖް ދައްކާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ