ފޮރިން މިނިސްޓަރު ޑރ.އަބްދުالله ހަލީލް، މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އެންޑް ޓުއަރިޒަމް ޑޮކްޓަރ އިޔާން ބޯގްއާ ބައްދަލުކުރައްވައިފިއެވެ.
މޯލްޓާގެ ބޮޑުވަޒީރުގެ ނައިބުގެ އޮފީހާއި މިނިސްޓްރީ ފޮރ ފޮރިން އެފެއާޒް އެންޑް ޓުއަރިޒަމްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި މޯލްޓާއާ ދެ ގައުމުގެ ދެމެދުގައި ވަރަށް އެއްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި، އެކަންކަމަށް އަލިއަޅުވައިލެއްވިއެވެ.
މި ދަތުރުފުޅަކީ ރާއްޖެއާއި މޯލްޓާއާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ދެ ވަޒީރުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުކުރެއްވުމުގައި، ވިޔަފާރީގެ އާ ފުރުޞަތުތައް އިތުރުކުރުމަށާއި، ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަސައްކަތްކުރެއްވުމަށް ދެ ވަޒީރުން ވަނީ އެއްބަސްވެވަޑައިގެންފައި ކަމަށެވެ.
މީގެ އިތުރުން، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، މަތީ ތައުލީމުގެ ދާއިރާއިން ގުޅުން ބަދަހިކޮށް، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެފަރާތުންވެސް ވަނީ މަޝްވަރާ ކުރައްވައިފައެވެ.
ފޮރިން މިނިސްޓަރު ހަލީލް މޯލްޓާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ