މައްސަލައެއް ދިމާވެ މުޅި މާލެއިން ކަރަންޓު ކެނޑިއްޖެ

މައްސަލައެއް ދިމާވެ މުޅި މާލެއިން ކަރަންޓު ކެނޑިއްޖެ އެވެ.
މިކަމާ ގުޅޭގޮތުން މައުލޫމާތުދެމުން ސްޓެލްކޯއިން ބުނެފައިވަނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށްވެސް ސްޓެލްކޯއިން މައުލޫމާތުދެ އެވެ.
މާލެ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ދެމުންދާ ސްޓެލްކޯއިން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްތައް އަބަދުވެސް ކުރެވެ އެވެ. އަދި މިގޮތަށް ކަރަންޓު ކެނޑި ދިމާވާ މައްސަލަތައް ލަސްތަކެއްނުވެ ސްޓެލްކޯއިން ހައްލު ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ