ރަސްމާލެ ހިއްކުން: 1.6 މިލިއަން ޑޮލަރު އެމްޓީސީސީއަށް ދޭން ސީއެމްސީސީއަށް އަމުރުކޮށްފި
ރާއްޖޭގައި މިހާތަނަށް އިފުތިތާހުކުރި ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ، ކ. ފުށިދިއްގަރު ފަޅު ހިއްކައިގެން ރަސްމާލެ ތަރައްގީ ކުރުމުގެ މަޝްރޫއުގައި، އެމްޓީސީސީން ހިއްކި 10 ހެކްޓަރު ބިމަށްވާ 1.68 މިލިއަން ޑޮލަރު (25.9 މިލިއަން ރުފިޔާ) އެ ކުންފުންޏަށް ދައްކަން، މަސައްކަތާ ހަވާލުވި ލަންކާގެ ކުންފުންޏަށް މިއަދު ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ސީއެމްސީއާ އެވެ. އެއީ ސީއެމްސީން ހަރަދުކޮށްގެން ރަސްމާލެ ހިއްކުމުގެ ބަދަލުގައި ހުޅުމާލޭން 10 ހެކްޓަރުގެ ބިމާއި ރަސްމާލޭން ހިއްކާ ބިމުން 60 ހެކްޓަރުގެ ބިމުގެ ޑިވެލޮޕްމަންޓް ރައިޓްސް 99 އަހަރަށް އެ ކުންފުންޏަށް ދޭ ގޮތަށެވެ.ޑިސެމްބަރު 18، 2023، ގައި ސޮއިކުރި އެ އެއްބަސްވުން ބާތިލުކުރީ އެ ކުންފުންޏަށް އެ މަސައްކަތް ނުކުރެވުމުންނެވެ. އަށް މަހުން އެ ކުންފުންޏަށް ހިއްކުނީ އެންމެ 29 ހެކްޓަރެވެ. އެއީ މުޅި މަޝްރޫއުގެ ދަށުން ހިއްކަން ބުނި ސަރަހައްދުގެ އެންމެ 2.5 ޕަސެންޓެވެ.އޭގެ ތެރެއިން 10 ހެކްޓަރު ހިއްކީ އެމްޓީސީސީންނެވެ. އެ 10 ހެކްޓަރު ހިއްކަން އެމްޓީސީސީ އާއި ސީއެމްސީއާ ދެމެދު އެކުލަވާލި އެއްބަސްވުމާ އެއްގޮތަށް ސީއެމްސީން އެއްވެސް ފައިސާއެއް ދައްކާފައި ނުވެ އެވެ.ސީއެމްސީސީސީން ބުނެފައިވަނީ، ދެ ކުންފުނީގެ މެދުގައި ހެދި އެއްބަސްވުމުގައި ފައިސާ ދައްކަން ޖެހޭ ތާރީހެއް ކަނޑައަޅައިފައި ނެތް ކަމަށާއި، އެޗްޑީސީން އެ ކުންފުންޏަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުން އެމްޓީސީސީޢަށް ފައިސާ ދައްކާނެ ކަމަށެވެ. އަދި ފައިސާ ދެއްކުމަށް ދެ އަހަރުގެ މުއްދަތެއް ދިނުމަށް ސީއެމްސީސީސީން ވަނީ އެދިފަ އެވެ.އެހެން ނަމަވެސް އެއްބަސްވުމަށް ބެލުމުން، މަސައްކަތުގެ އަގު ދައްކަން ޖެހެނީ މަސައްކަތްކޮށް ނިމުމާއެކު ކަމަށް ޕޭމެންޓް ޓާމްސްގައި ބަޔާންކޮށްފައިވާ ކަމަށް ހުކުމުގައިވެ އެވެ. އަދި އެއްބަސްވުމާ އެއްގޮތަށް ދައުވާ ލިބޭ ފަރާތުން ފައިސާ ދައްކާފައި ނުވާތީ ދައުވާ ލިބޭ ފަރާތުން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ގާނޫނީ ހަމަތަކުގެ މަތިން ބަލަން ޖެހޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރަސްމާލެ ތަރައްގީކޮށް އެ ތަނުން 11،000 ގޯއްޗާއި 26،000 އަށް ވުރެ ގިނަ ފްލެޓު ދޫކުރާނެ ކަން އިއުލާން ކުރައްވައިފަ އެވެ. އެއީ 240،000 އަށް ވުރެ ބޮޑު އާބާދީއަކަށެވެ. ގެދޮރުވެރިކަމުގެ އިތުރުން ވިޔަފާރިތަކާއި އިންޑަސްޓްރިއަލް އެކި ބޭނުންތައް އަދި ޓޫރިޒަމްގެ ތަރައްގީއަށް އެކި މަސައްކަތް ކުރާނެ އެވެ.ކ. ފުށިއްގަރުފަޅު، "ރަސް-މާލެ"ގެ ނަމުގައި ތަރައްގީކުރަން، ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ފެށީ ޑިސެމްބަރު 18، 2023 ގަ އެވެ. އެކަމަކު، ތަފާތު ދަތިތައް ދިމާވެ، އެންމެ އެކަށީގެންވާ ސްޕީޑުގައި އެ މަސައްކަތް ކުރިއަށް ނުގެންދެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ