ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ފްލެޓުގެ މުޅި މަޝްރޫޢުގެ ސްކޯޕަށް ބަލާއިރު، މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށާއި ޓަވަރުތަކުގައި ބާކީ އޮތީ ޔޫޓިލިޓީ ކަނެކްޝަންތަކުގެ މަސައްކަތް ފުރިހަމަކުރުން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
މަޝްރޫއު ކުރިޔަށްދާ ގޮތް ބައްލަވާލެއްވުމަށް އިއްޔެ ރަައީސް ޑރ. މުހައްމަދު މުއިއްޒު، ފުލެޓުތައް އަޅާ ސަރަހައްދަށް ކުރެއްވެވި ޒިޔާރަތުގައި އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ބައިވެރިވެވަޑައިގަތެވެ.
އެ ސަރަހައްދުގައި މީޑިއާއާ ވާހަކަ ދައްކަވަމުން ހަމްދާން ވިދާޅުވީ ، ސްކޯޕުގައި ނުހިމެނޭ ކަންކަންވެސް ފުރިހަމަށްކޮށް މި ތަންތަނަށް ވީހާވެސް އަވަހަށް ރައްޔިތުންނަށް ވަދެވޭނެގޮތް ހަމަޖައްސައިދޭން ސަރުކާރުން ވަރަށް ބޮޑު އެއްބާރުލެއްވުމެއް ދެއްވަވާކަަމަށާއި ސްޓެލްކޯ އަދި އެމްޑަބްލިޔުއެސްސީގެ ވަކިން ޓީމްތަކެއް ނަގައިގެން މަސައްކަތްތައް ކުރިއަށް ދާ ކަމަށެވެ.
” އެކްސްޕެކްޓް މިކުރަނީ އެންމެ ލަސްވެގެންވެސް ސެޕްޓެމްބަރަކަށް އެކަންކަން އެއްކޮށް ނިންމާލެވޭނެކަމަށް. މިހާރުވެސް ސްޓްރަކްޗަރަލް ހުރިހާ ކަމެއް އަދި ފިނިޝިންގ މަސައްކަތްތައްވެސް މިހުރީ ނިމިފައި.” އެފްޑީސީގެ އެމްޑީ ހަމްދާން ވިދާޅުވިއެވެ.
މި 4000 ފްލެޓު ތަރައްޤީކުރުމުގެ މަސައްކަތް އިންޑިއާގެ ދެ ކުންފުންޏާ ޙަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. މިއީ ދިވެހި ސަރުކާރުގެ އިތުރުން އިންޑިއާގެ އެގްޒިމް ބޭންކުން ފައިނޭންސްކޮށްގެން ހިންގާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ތެރޭގައި ތަރައްޤީކުރަނީ 3 ކޮޓަރިއާއި 2 ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނޭ ގޮތުންނެވެ. އަދި ޓަވަރުތަކުގެ ތިރީ ދެ ފަންގިފިލާގައި ކޮމާޝަލް ޔުނިޓުތަކެއް ޤާއިމްކުރުމަށް އެފްޑީސީން ވަނީ ނިންމާފައެވެ.
ފުލެޓުތަކުގެ މަސައްކަތް ކުރިއަށްދާ ފެންވަރާ މެދު ހިތްހަމަޖެހޭ: މުއްތަލިބު އެފްޑީސީގެ 4000 ފްލެޓުގެ މަސައްކަތް ނިންމާ ޖުލައިމަހު ޙަވާލުކުރަން ފަށަނީ ބޭސް ލިބުމުގައި އޮތް ދަތިތައް ހައްލުކުރުމަށް ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅު: މިނިސްޓަރު ޖެމްކިޔުއިން ފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ