މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވަމުން އަންނަ އއ. މަތިވެރި ޓީމުން އިތުރަށް މަސައްކަތްކޮށްގެން ޓީމުގެ ކަންކަން އަދިވެސް ރަނގަޅުކުރެވޭނެ ކަމަށް އެ ޓީމުގެ ގޯލްކީޕަރު، ހުސެއިން ސަބީލް (ސައްބެ) ބުނެފި އެެވެ.
މަތިވެރި އަކީ މި ފަަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަ 16 ބުރުން އެންމެ ފުރަތަމަ ޖާގަ ޔަގީންކުރި ޓީމެވެ. އެ ޓީމުން މި ފަހަރުގެ މުބާރާުތުގައި އަތޮޅު ބުރުން ފެށިގެން ރަނގަޅު ކުޅުމެއް ދައްކައި މެޗުތަކުން މޮޅުވަމުން އަންނައިރު، ޓީމުގެ ގޯލުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަނީ ސައްބެ އެވެ.
އެންމެ ފަހުން މަތިވެރިން، ވ. އަތޮޅުގެ ޗެމްޕިއަން، ކެޔޮދޫ އަތުން މޮޅުވި މެޗުގައި، ފަހު ވަގުތު ސައްބެ ވަނީ ދުރު ޕެނަލްޓީއެއް ވެސް ހުއްޓުވައިފަ އެވެ. ސައްބެ ދެކޭގޮތުގައި، މަތިވެރި އަށް އަދިވެސް މަސައްކަތް ކޮށްގެން ރަނގަޅުކުރެވޭނެ އެވެ.
"ވަރަށް ބުރަ މަސައްކަތް މިއީ، މި އަށް ވުރެ އިތުރަށް ކުރިއަށްދާން މިއަށް ވުރެ މަސައްކަތް ކުރަން ޖެހޭ. މިދިޔަ ފަހަރު ކުއާޓާ ފައިނަލުން އަހަރެމެން މުބާރާތުން ވަކިވެގެންދިޔައީ. އެހެންވީމަ، އެ އަށް ވުރެ ބޮޑަށް މަސައްކަތް ކުރަން އެބަޖެހޭ އަދި، ސީދާ ގަބޫލުކުރެވޭ ގޮތުގައި، ރަަނގަޅު ކުުޅުމެއް (ނުދެއްކޭ) ނުނިންމިގެން މި ދަނީ،" ސައްބެ ބުންޏެވެ.
މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލުގައި މަތިވެރިން ވާދަކުރީ ލ. ގަމާ ދެކޮޅަށެވެ. އެ މެޗުގައި ޕެނަލްޓީ ޖަހައިގެން މަތިވެރި ބަލިވިއިރު، މި ފަަހަރުގެ އަތޮޅު ތަށި މަތިވެރިން ނެގީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެންނެވެ.
ސައްބެ ބުނީ، މަތިވެރިއާ ދެކޮޅަށް ކުޅޭ ކޮންމެ ޓީމެއް ވެސް ނުކުންނަނީ ވަރަށް ސަމާލުވެގެން ކަމަށެވެ. މެޗު ކުޅުނު ނިސްބަތަށް ބަލާއިރު، އެންމެ ގިނަ މެޗު ކުޅެގެން މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އެންމެ މަދު ގޯލު ވަދެފައިވަނީ، މަތިވެރި ކޮޅަށެވެ.
"މިހާރު ބައްދަލުކުރި މެޗުތަކުގެ ތެރެއިން ކޮންމެ ޓީމެއް ވެސް ފަހަތުގައި ޕެކްކޮށްގެންނެއް ނުކުޅޭ. ޕްރެސް ކޮށްގެން އަތޮޅު ފައިނަލް މެޗު ފިޔަވާ އެހެން މެޗެއް ނެތް ކުޅެފައެއް. ދެން، ހަމަ ކީކޭ ބުނާނީ، އަހަރެމެން ޑިފެންސް ރަނގަޅު ކަމަށް ފެންނަނީ،" އޭނާ ބުންޏެވެ.
"މިދިޔަ ފަހަރަށް ވުރެ މި ފަހަރު އަހަރެމެންގެ ނިންމުންތައް ދަށްވިޔަސް، ޑިފެންސް ރަނގަޅު ކަމަށް ފެންނަނީ،"
ޒޯން ހަތަރެއްގެ އެންމެ ފަހުން ޗެމްޕިއަންކަން ހޯދި މަތިވެރިން، މި ފަހަރުގެ ޒޯން ފައިނަލަށް ނުކުތުމުގެ ކުރިން، ޒޯންގެ ލީގު ބުރުގެ ފަހު މެޗުގައި، އދ. މަހިބަދޫއާ ބައްދަލުކުރާނެ އެވެ.
މަތިވެރިން އިތުރަށް މަސައްކަތް ކޮށްގެން އަދިވެސް ރަނގަޅު ކުރެވޭނެ މަތިވެރިން އިތުރަށް މަސައްކަތް ކޮށްގެން އަދިވެސް ރަނގަޅު ކުރެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ