ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ އަދަބު ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ގ. ސީވޭވް / މާލެ، މުޙައްމަދު ތިބްޔާން ޝަހީން (24އ) ހޯދަން ފުލުހުން ވަނީ އިއުލާންކޮށްފައެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މުޙައްމަދު ތިބްޔާން ޝަހީން ހޯދަމުން މިދަނީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ އަދަބު ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ނުކުރެވިގެންނެވެ. މިގޮތުން އޭނާ ބަންދުގައި ބަހައްޓައިގެން 2025 ފެބްރުވަރީ 9 ވަނަ ދުވަހުގެ 13:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގައި މުޙައްމަދު ތިބްޔާން ޝަހީންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، އެ މައުލޫމާތު ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އާންމުންނަށް ގޮވާލާފައެވެ.
އަދަބު ތަންފީޒުކުރުމުގެ މައްސަލަތަކުގައި ކޯޓަށް ހާޒިރުނުވާ ފަރާތްތައް ހޯދުމަށް ފުލުހުން އާންމުކޮށް އިއުލާންކުރަމުން ގެންދެއެވެ. އަދި މިފަދަ މައްސަލަތަކުގައި އާންމު ރައްޔިތުންގެ އެހީތެރިކަން ވެސް ފުލުހުންނަށް ލިބެމުންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ