އައިޖީއެމްއެޗްގެ ބޮޑު ބަޔަކުން ކަރަންޓް ގޮސް ގިނައިރުތަކެއް ވެއްޖެ

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްއިން ކަރަންޓު ގޮސް ގިނަ އިރުތަކެއް ވުމަށްފަހު ދާދި ދެންމެއަކު ކަރަންޓު އަތުވެއްޖެއެވެ. އައިޖީއެމްއެޗްއިން "ސަން"އާ ވާހަކަ ދެއްކި ބައެއް މީހުން ކިޔައިދިން ގޮތުގައި އެންމެ ފުރަތަމަ ކަރަންޓު ދިޔައީ 8:20 ހާއިރުއެވެ. އެ ފަހަރު ކަރަންޓު އައީ 8:40 ހާއިރުކަމަށް ވެސް އެ މީހުން ކިޔައިދިނެވެ. ދެވަނަ ފަހަރަށް ހޮސްޕިޓަލުން ކަރަންޓު ދިޔައީ “ސަން”ގެ ނޫސްވެރިން އެ ތަނުގައި ތިއްބާއެވެ. ގާތްގަނޑަކަށް 8:50 ހާއިރު ކަރަންޓު ދިއުމަށްފަހު 10 ވަރަަކަށް މިނެޓު ވަންދެން ކަރަންޓު ނައިސް ދެވަނަ ފަަހަރަށް ވެސް ލަސްވިއެވެ. ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑުނު ކަމަށެވެ. އަދި އޭގެތެރޭގައި އައިޖީއެމްއެޗް ސަރަހައްދު ހިމެނޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. މިކަމާ ގުޅިގެން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލާ ގުޅާލުމުން ވިދާޅުވީ އެފަދަ މައުލޫމާތެއް އޭނާއަށް ލިބިފައިނުވާ ކަމަށާއި "ޗެކްކޮށްލުމަށްފަހު" މައުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ. ތަފްސީލް އަންނަނީ.....
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ