ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަ ހައްލުކުރުމަށް ގޮވައިލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންގެ އެކައުންޓުތަކުން ފައިސާ ގެއްލުމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ގޮވައިލާ ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އެވެ.
މެންބަރު ނަޝީދުގެ މި ކުއްލި މައްސަލައަށް ބަހުސްކުރުމާމެދު މަޖިލީހުން ނެގި ވޯޓުން އެ މައްސަލައަށް ބަހުސްކުރުމަށް ވަނީ ފާސްވެފައެވެ. އެ މައްސަލައަށް ބަހުސް ކުރުމަށް ފެންނަކަމަށް ވޯޓުގައި ބައިވެރިވި 37 މެންބަރުންގެ ތެރެއިން 33 މެންބަރަކު ވަނީ ނިންމަވާފައެވެ. ނުފެންނަކަމަށް ވޯޓު ދެއްވީ 4 މެންބަރެކެވެ.
އެހެންކަމުން ހަމައެކަނި ބީއެމްއެލްގެ ގިނަ ކަސްޓަމަރުންތަކަކަށް ސްކޭމް ކޯލްތަކާއި އިންޓަނެޓް ލިންކް މެދުވެރިކޮށް އިޔާދަ ނުކުރެވޭ ފަދަ ބޮޑެތި މާލީ ގެއްލުންތައް ލިބެމުންދާ މައްސަލަ ހައްލުކުރުމަށް ސަރުކާރަށް ގޮވައިލާ ކަމަށް މޮސްޓާ ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ