ބްރޯކޮމްގެ މެންބަރަކަށް ރިލްވާން އަށް ރުހުންދީފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ޓީވީ ޕްރެޒެންޓަރު މޫސާ ރިލްވާން އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލި 10 ފަރާތުގެ ތެރެއިން، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެންމެ މަތިން މާކްސް ދީފައިވާ ފަސް ބޭފުޅެއްގެ ނަން ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ.އެ ބޭފުޅުންނަކީ:ޒީނާ ޒާހިރު (85 ޕަސެންޓު)އާއިޝަތު ޝިޔާނާ (83 ޕަސެންޓު)ޝިމްލާ އަހުމަދު (82 ޕަސެންޓު)މޫސާ ރިލްވާން (81 ޕަސެންޓު)ޒަމްއަތު އަހުމަދު ވަހީދު (77 ޕަސެންޓު)ހުރިހާ މެންބަރުންނާއި އިންޓަވިއުކުރުމަށްފަހު އެންމެ މަތިން މާކްސް ހޯދި ފަރާތްތަކުގެ ތެރެއިން ކޮމިޓީން ނިންމީ މި މަގާމަށް ޒީނާ އައްޔަން ކުރުމަށެވެ. ޒީނާއަށް އެންމެ މަތިން މާކްސް ލިބުނުކަމުގައިވިޔަސް އޭނާއަށް ރުހުން ދޭން ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ. 52 މެންބަރުން ވަނީ ނުފެންނަ ކަމަށް ވޯޓު ދެއްވައިފަ އެވެ.ޓީވީއެމްގައި ގިނަ އަހަރުތަކެއް ވަންދެން ޕްރޮޑިޔުސަރު އަދި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ އަދި ހައުސިން މިނިސްޓްރީގެ ކޮމިޔުނިކޭޝަންސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މޫސާ ރިލްވާން ބްޜޯޑްކޮމް އަށް އައްޔަނުކުރަން ފާސްވީ 70 މެމްބަރުންގެ އިއްތިފާގުންނެވެ. އެހެންކަމުން، އެ ލިސްޓުގައި ދެން އިން ޒަމްއަތުގެ ނަމަށް ވޯޓަށް އަހާފައެއް ނުވެ އެވެ.ބްރޯޑްކޮމްގެ އިތުރު ގޮނޑިއެއް ހުސްވާތީ މަޖިލީހަށް އިއްޔެ ވަނީ އެ މަގާމަށް އައްޔަން ކުރުމަށް ވެސް ނަންތަކެއް ފޮނުވައިފަ އެވެ. ރައީސް މުއިއްޒު ފޮނުއްވާފައިވާ ލިސްޓުގައި ހިމެނިވަޑައިގަންނަވަނީ ޒީނާގެ އިތުރުން 75 ޕަސެންޓަށް ވުރެ މަތިން ލިބިވަޑައިގެންނެވި ހަތަރު ބޭފުޅުންގެ އިތުރުން އަލީ ޔޫސުފްގެ ނަމެވެ.ރައީސްގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ މީޑިއާގައި ގިނަ ދުވަސްތަކެއް މަސައްކަތް ކޮށްފައިވާ ޒަމްއަތުގެ ނަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ